ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2020 ވަނަ އަހަރަށް، ވަގުތީ އިމާމުން ނުވަތަ މުދިމުން ހޯދަން ބޭނުންވެއްޖެ

         މިރަށުގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމު/މުދިމު ޗުއްޓީ ނެންގެވުމުން ނުވަތަ ސަލާމް ބުނުމުން ފަދަ ކުއްލި ޙާލަތެއް މެދުވެރިވެގެން ވަގުތީ ގޮތުން އިމާމު ނުވަތަ މުދިމުން މިރަށު މިސްކިތް ތަކަށް ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން ތިރީގައިވާ މަޤާމަށް މީހުން ހޯދުމަށް ބޭނުން ވެއްޖެއެވެ.

މަޤާމް:

އިމާމު/މުދިމު

މަޤާމުގެ ނަންބަރު:

-

ބޭނުންވާ ޢަދަދު:

05  (ފަހެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް

ޓެކްނިކަލް އޮފިސަރ

ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގެ މިސްކިތްތައް

މުސާރަ:

އިމާމު ކޮންމެ ނަމާދު ވަގުތަކަށް 61.00  ރުފިޔާ

މުދިމު ކޮންމެ ނަމާދު ވަގުތަކަށް 53.00 ރުފިޔާ

ސާރވިސް އެލަވަންސް:

-

އެހެނިހެން އެލަވަންސް:

-

މަޤާމުގެ މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:

  1. ކޮންމެ ނަމާދެއްގެ ކުރިން މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅު ކުރުމާއިއެކު، ފަރުޟު ފަސް ނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދު ކުރުން.
  2. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކޮންމެ ކަމެއް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް އަންގައި، އެކަން ރަނގަޅު ކުރެވޭތޯ ބެލުން.
  3. އިހަވަންދޫ ކައުންސިލްގެ އިދާރާއިން އެއިރަކު ހަމަޖައްސަވާ މިސްކިތެއްގައި އިމާމުވެ ފަރުޟު ފަސްނަމާދު ޖަމާޢަތުގައިކޮށް ވަގުތު ބަންގިގޮވުން.
  4. އިހަވަންދޫ ކައުންސިލްގެ އިދާރާއިން އަންގައިފި ހިނދެއްގައި، ހަމަޖެހިފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތެއްގެމަތިން ކަށުނަމާދުކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުން.
  5. މިސްކިތްތަކުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.
  6. މިސްކިތުގެ މަސައްކަތު މީހުންގެ އެންމެހައި މަސައްކަތްތައް، އިދާރާއިން ރާވާ އުސޫލެއްގެމަތިން ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ކުރުވުމާއި، އެކަންކަން ހިނގާ ނުހިނގާގޮތް ބެލުން.

މަޤާމުގެ ޝަރުޠުތައް:

އިމާމު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު،

  • އިމާމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ،
  • ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

މުދިމު:

ތަޖްވީދުގެ މަގުން ކީރިތި ޤުރުއާން ކިޔަވަން ދަންނަ މީހެއްކަމުގައިވުން (މަތީގައިވާ މަޤާމަށް ޝަރުޠުތައް ފުރިހަމަނުވާ ފަރާތްތަކުންވެސް މި މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވިފައިވެއެވެ. ނަމަވެސް މި މަޤާމަށް މީހުން ހޮވާނީ، މަތީގައިވާ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން ކުރިމަތިލާފައި ނުވާނަމައެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި މި އިދާރާ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސް ވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ:

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ:

(ށ) މަތީތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ:

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޚާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ:

8. މަސައްކަތުގެ ތަޖްރިބާގެ ލިޔުން ތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤަޢުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ށ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތް ކޮށްފައިވާނަމަ،އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ކަނޑައަޅާ ފައިވާ ޤަވާޢިދު ތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން،(ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (  [email protected]  ) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުންއަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފި ނަމަ،އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމި ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިންޓަވިއު(އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެބައިވެސް ހިމެނުން)

އޮންނާނެ ތަނާއި މުއްދަތު:

އިންޓަވިއު އޮންނާނީ މި މަޤާމަށް ބޭނުންވާ ޢަދަދަށްވުރެ އިތުރުވާނަމައެވެ.

 

 

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕްއިންޓް ލިބުނު ގޮތުގެ ޝީޓް (A2  ފޯމު) "އާންމުކުރުން.

އިންޓަވިއު ބާއްވާތަ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2  ފޯމު) "އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

         މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅަނީ (ފޯނު ނަންބަރު6500013 ) އަށެވެ. އި-މެއިލް  ކުރާނީ ( [email protected] ) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ"އައްޔަނުކުރުމުގެއުޞޫލާގުޅޭ"(http://www.csc.mv.gov/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.      

         މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

21 ޖަނަވަރީ 2020
ހޯދާ