އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ރަސްދޫގައި ޒޯން އޭގެ ލައިސަންސް ޓްރެކެއް ހެދުން

ޒޯން، އޭގެ ލައިސަންސް ޓްރެކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)233-CA/233/2019/36 އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ  ފަރާތްތަކުގެ ޤަވާޢިދު، ނަންބަރު: 2019/R-1019" (30 މާރޗް 2019) ގައިވާ ގޮތުގެމަތީން، ރަޖިސްޓްރީވެ، އަދި މި ޕްރޮޖެކްޓުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 3,000/-ރ (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓާރ) ހުށަހަޅުއްވަންވާނެ އެވެ.

މި މަސައްކަތުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2020 ޖަނަވަރީ 26 ވާ އާދީއްތަ ދުވަހުގެ 11:30ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ، 2020 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.

މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، ބިޑް ޑޮކިއުމެންޓް، 2020 ޖަނަވަރީ 22 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ލިބިވަޑައިގަންނަވާނެ އެވެ.

ވީމާ، މި މަސައްކަތަށް ޝައުޤްވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2020 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން އަންދާސީ ހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

21 ޖަނަވަރީ 2020
ހޯދާ