މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރާއްޖެއަށް RANITIDINE އިމްޕޯޓްކުރާއިރު ތަހްލީލްކުރުމަށް ރިޕޯޓް ހުށަހެޅުމާއި ގުޅޭ

އިޢުލާން

 

 

           މިއޮތޯރިޓީގެ އިއުލާން ނަންބަރު (IUL)182-MTG/NB/2019/08 އާއި ހަވާލާދީ ދަންނަވަމެވެ.

       ރާއްޖެ އިމްޕޯޓްކޮށް ވިއްކާRanitidine  އަކީ ބަލި މީހުން ބޭނުން ކުރުމަށް އެންމެ އެކަށިގެންވާ ބޭހެއްކަން ކަށަވަރު ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 01 ފެބްރުއަރީ 2020 ވަނަދުވަހުން ފެށިގެން ރާއްޖެއަށް އިމްޕޯޓްކުރާ Ranitidine ގެ ބާވަތްތައް N-nitrosodimethylamine (NDMA) އަށް ތަޙުލީލު ކުރުމަށްފަހު، ބޭސް ކްލިއަރ ކުރުމަށް ހުށަހަޅުއްވާ އިންވޮއިސް އާއި އެކު ތަޙުލީލް ރިޕޯޓް ހުށަހެޅުމަށް ދެންނެވީމެވެ.

         އިތުރު މައުލޫމާތު މިއޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އިން ލިބިވަޑައިގަންނަވާނެ އެވެ.

16 ޖަނަވަރީ 2020
ހޯދާ