އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް އަދި ފެންފުށީ ޒުވާނުންގެ ނެޓްބޯޅަ މުބާރާތުގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

      2020 ވަނަ އަހަރު މިރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް އަދި ފެންފުށީ ޒުވާނުންގެ ނެޓްބޯޅަ މުބާރާތުގެ ލޯގޯ ފަރުމާ ކުރުމައް ފުރުސަތު ހުޅުވާލަމެވެ. ލޯގޯ ފަރުމާ ކުރަންވާނީ ޒުވާނުންނާއި ފެންފުށި ރަމްޒުކޮއްދޭ ގޮތަކަށެވެ. ލޯގޯ ހުށަހަޅަންވާނީ 2 މުބާރާތަށް ވަކިވަކިންނެވެ.

      ހުށަހެޅޭ ލޯގޯތުކުގެ ތެރެއިން ކޮންމެމުބާރާތަކަށް އެއްމެ ރަނގަޅުކަމަށް، މިކައުންސިލްގެފަރާތުން ކަނޑައަޅާ ލޯގޯ މިކައުންސިލްގެ ފަރާތުން ބާއްވާ މުބާރާތްތަކުގައި ބޭނުންކުރެވޭނެއެވެ. އަދި އެންމެ ރަނގަޅު ލޯގޯ ހުށަހަޅާ ފަރާތްތަކަށް މިކައުންސިލްގެ ފަރާތުން ސެޓްފިކެޓް އަކާއި -/500 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

      2020 ވަނަ އަހަރު މިރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް އަދި ފެންފުށީ ޒުވާނުންގެ ނެޓްބޯޅަ މުބާރާތުގެ ލޯގޯ ފަރުމާކޮށް ހުށަހެޅުމަށް ބޭނުންވެލައްވާ ފަރާތްތަކުން ލޯގޯގެ ސޮފްޓް ކޮޕީ (cdr file އަދި JPEG) އަދި ޕްރިންޓް ކޮށްފައިވާ ލޯގޯ 21 ޖަނަވަރީ 2020 ވަނަދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680539 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

14 ޖަނަވަރީ 2020
ހޯދާ