އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ ކުޑަކުދިންގެ ޕާކްގެ ވަށާފާރު ރޭނުމުގެ މަސައްކަތް

ނަންބަރު:A/IUL/344/2020/02

 

އިޢުލާން

އއ.ފެރިދޫ ކުޑަކުދިންގެ ޕާކްގެ ވަށާފާރު ރޭނުމުގެ މަސައްކަތް

       އއ. ފެރިދޫ ކުޑަކުދިންގެ ޕާރކުގެ ވަށާފާރު އަމިއްލަ ތަކެތީގައި ރާނައިދޭނެ ފަރާތެއް ހޯދުމަށް  މިކައުންސިލުން 13 ޖެނުއަރީ 2020 ގައި ކުރި ނަންބަރު: A/IUL/344/2020/01 އިޢުލާންގައި ބައެއް މަޢުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލްކޮށް އަލުން މިކަމަށް އިޢުލާންކުރަމެވެ.

       ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 23 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ 10:00 އަށް މި ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

       އަންދާސީ ހިސާބު ކަނޑާނީ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދުރުވި ފަރާތްތަކުގެ ހާޟިރުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ

       ވީމާ، މިކަން ޢާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

                18 ޖުމާދަލްޢޫލާ 1441

13 ޖަނަވަރީ 2020
ހޯދާ