ދިވެހިރާއްޖެ
އިޢުލާން
ބިދޭސީން ޤަވާއިދާއި އެއްގޮތަށް ރަޖިސްޓްރީކުރުމަށްޓަކައި އެޕޮއިންޓްމެންޓް ދޫކުރުމާއިގުޅޭ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސިންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން މިނިސްޓްރި އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްއިން ވަނީ ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ފަށާފައެވެ.
މި ރެގިއުލަރައިޒޭޝަން ޕްރޮގްރާމާއި ގުޅިގެން، މިސިޓީގައި އުޅޭ މިފަދަ ބިދޭސީންނަށް އަމާޒުކޮށްގެން ރެގިލަރައިޒްވާން އެދޭ ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށްޓަކައި އެޕޮއިންޓްމެންޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ކުރުމަށް ހަމަޖެހިއިފައިވަނީ މިމަހުގެ 13 އިން 15 އަށް ކޮންމެ ދުވަހަކު 9.00 ން ފެށިގެން 13:00 އަށް މި އިދާރާގެ ހޯލްގައި ކަމުގައިވެސް ދެންނެވީމެވެ.
17 ޖުމާދަލްއޫލާ 1441