ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2019/20 ( ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުން

   ޤާނޫނު ނަންބަރު 2019/20 ( ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ) އަށް އިޞްލާޙު ގެނައުމުގެ ޤާނޫނަށް 4 ޖެނުއަރީ 2020 ގައި އަމަލު ކުރަން ފެށުމާއެކު، ތިރީގައިވާ ހުއްދަތައް ދޫކުރުން ހުއްޓާލެވިފައިވާ ވާހަކަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގެ ނަންބަރު (IUL)101-BR/1/2020/1  ( 05 ޖަނަވަރީ 2020 ) ގެ އިޢުލާނުން ވަނީ އަންގާފައެވެ.

  • އިމްޕޯޓު މުދަލުގެ ވިޔަފާރި ކުރުމުގެ ހުއްދަ
  • ސައިހޮޓާ ހިންގުމުގެ ހުއްދަ
  • ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ
  • ކެންޓީނު ހިންގުމުގެ ހުއްދަ

   އެގޮތުން 4 ޖެނުއަރީ 2020 އިން ފެށިގެން އިސްވެ ދެންނެވުނު ހުއްދަތަކާއި ގުޅޭ މަހު ފީ ބަލައިގަތުންވެސް މޯލްޑިވުސް އިންލެންޑު ރެވެނިޔު އޮތޯރިޓީން ހުއްޓާލާފައިވާކަން މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި މިއިން ވިޔަފާރިއެއް ކުރަން ބޭނުންވާ ފަރާތްތަކުން، ޤާނޫނު ނަންބަރު 2014/18 ( ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ) ގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ކުންފުންޏެއް، ޕާރޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓަރީ ކުރުމަށްފަހު މިނިސްޓްރީން އިތުރު ހުއްދައެއް ނުހޯދައި ވިޔަފާރި ފެށޭނެ ވާހަކަވެސް މިނިސްޓްރީގެ އިޢުލާނުން ވަނީ އަންގާފައެވެ. 

   މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

09 ޖަނަވަރީ 2020
ހޯދާ