ދިވެހިރާއްޖެ
މި އިޢުލާންވަނީ 08 އޮކްޓޫބަރު 2020 13:31 ގައި ބާތިލް ކުރެވިފައެވެ.
ނަންބަރ: IUL)GS-183-ADMIN/INDIV/2020/2)
އިޢުލާން
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން
މިސްކޫލްގައި ތިރީގައި މިވާ މަރާމާތުތައް ކުރުމަށްވަނީ ބޭނުންވެފައެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 12 ޖެނުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މިސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
- އަލަށް ވެސް ކުލަނުލާހުރި ސްކޫލް ގޯތިގެ ވަށާފާރުގެ 2 ފާރުގައި ކުލަލުން.
- ހަތަރު ކުލާސްރޫމް ޢިމާރާތުގެ ނަލަފިލާ ބަދަލުކުރުމާ އަސްކެނި ސީލިންގ ބަދަލުކުރުން.
- ދެކުލާސްރޫމް ޢިމާރާތުގެ އަސްކެނި ބަދަލުކޮށް ސީލިންގ ކުރުމާ 6 ކުލާސްރޫމްގެ ތަޅު ބަދަލުކުރުން.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.
08 ޖެނުއަރީ 2020
13 ޖުމާދުލްއާޚިރު 1441
ޢަބުދުލް މުޢީޒް އަޙްމަދު
(ޕްރިންސިޕަލް )