ދިވެހިރާއްޖެ
ކުނިކަހާ ފޮޅާ ސާފުކޮށް ދިނުމުގެ މަސައްކަތް މީލާދީ 1 (އެކެއް) އަހަރުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.
މި ކޯޕަރޭޝަންގެ އިދާރީ އޮފީސް އަމިއްލަ ތަކެތީގައި ކުނިކަހާ ފޮޅާ ސާފުކޮށް ދިނުމުގެ މަސައްކަތް މީލާދީ 1 (އެކެއް) އަހަރުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ޢައްޔަން ކުރަން ބޭނުންވެއެވެ.
މި މަސައްކަތާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ސެޝަން 15 ޖެނުއަރީ 2020ވާ ބުދަ ދުވަހުގެ 11:00ގައި މި އޮފީހުގެ މީޓިންގ ރޫމްގައި އޮންނާނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރި ނުވާ ފަރާތްތަކަށް މި މަސައްކަތާއި ގުޅިގެން އަގުހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން 15 ޖެނުއަރީ 2020ވާ ބުދަ ދުވަހުގެ 11:00އަށް މި އޮފީހަށް ޙާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 23 ޖެނުއަރީ 2020ވާ ބުރާސްފަތި ދުވަހުގެ 11:00އަށް އަންދާޒީ ހިސާބު ހިއްޕަވައިގެން މި އޮފީހަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.
07 ޖެނުއަރީ 2020