ދިވެހިރާއްޖެ
އިޢުލާން
އައްޑޫސިޓީ ހިތަދޫ އާއި ހުޅުދޫ ގައި ޢިމާރާތްކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކުގެތެރެއިން އެއްބަސްވުމުގައި ސޮއިނުކޮށް ތިބި ފަރާތްތަކުން، އެއްބަސްވުމުގައި ސޮއިކޮށް ފްލެޓާއި ޙަވާލުވުން އަވަސްކުރުމަށް ދެންނެވުން |
ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީ ހިތަދޫ އަވަށާއި ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން، މިހާތަނަށް ޙަވާލުނުކުރެވި ހުރި ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތް 31 ޖަނަވަރީ 2020 އަށް ނިންމުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ.
މިމަސައްކަތުގެދަށުން، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ފަސޭހަކޮށްދިނުމުގެގޮތުން މިއިދާރާއަށް ވަޑައިގެން ނުވަތަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އަށް ވަޑައިގެން އެއްބަސްވުމުގައި ސޮއިކުރަން ބޭނުންވެލައްވާ ނަމަ، އެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ. މި ދެގޮތުންކުރެ އެ ފަރާތަކުން ބޭނުންވެލައްވާގޮތެއް 15 ޖަނަވަރީ 2020 ގެކުރިން މި އިދާރާއަށް ގުޅުއްވާ ނޯޓުކުރެއްވުން އެދެމެވެ.
ވީމާ، ހިތަދޫ އާއި ހުޅުދޫ ގައި ޢިމާރާތް ކުރެވިފައިވާ ފްލެޓް ތަކުގެ ތެރެއިން، ފްލެޓް ލިބިލައްވާފައިވާ، އަދި މިހާތަނަށް އެއްބަސްވުމުގައި ސޮއިނުކުރައްވާ ތިއްބެވި ފަރާތްތަކުން 31 ޖަނަވަރީ 2020 ގެ ކުރިން އެއްބަސްވުމުގައި ސޮއިކޮށް ފްލެޓާއި ޙަވާލުވުމަށް ދަންނަވަމެވެ. 31 ޖަނަވަރީ 2020 ގެ ނިޔަލަށް އެއްބަސްވުމުގައި ސޮއިނުކުރައްވާ އަދި ފްލެޓާއިމެދު ޢަމަލުކުރާނެ ވަކިގޮތެއް ނިންމަވާ އެކަން މިއިދާރާއަށް އަންގަވާފައިނުވާނަމަ ބެލެވޭނީ ފްލެޓް ބޭނުންނުވަނީ ކަމަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމުގެގޮތުން އިޢުލާން ކުރީމެވެ.
12 ޖުމާދަލްއޫލާ 1441