އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް (ގްރޭޑް 1)

މަޤާމް :ސީނިއަރ އޮފިސަރ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް (ގްރޭޑް 1)
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް

ޑިޕާޓްމަންޓް

ކޯޕަރޭޓް ސާރވިސަސް

އަސާސީ މުސާރަ

-/9000 (ނުވަ ހާސް) ރުފިޔާ

ސަރވިސް އެލަވަންސް

ދުވާލަކަށް -/230 (ދުއިސައްތަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް

-/2500 (ދެހާސް ފަސް ސަތޭކަ) ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1000 (އެއްހާސް) ރުފިޔާ

އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާ

އަސާސީ ޝަރުތު

  1. މަސައްކަތުގެ ދާއިރާއިން ފުރަތަމަ ޑިގްރީ  ހާސިލްކޮށްފައި ވުމާއިއެކު މެނޭޖްމަންޓް ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ ހާސިލްކޮށްފައި ވުމާއެކު މެނޭޖްމަންޓްް ދާއިރާއިން ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. ވަޒީފާގެ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް މަސައްކަތެއް ނުކުރުން
  2. ވަޒީފާގެ މަޞްލަޙަތު ފުށުނާރާފަދަ، މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  3. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. މިއޮފީހުގެ އެއްވެސް މުވައްޒަފަކާޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. އޮފީސް މުވައްޒަފުންނަށާއި އަދި އޮފީހުން ބޭރުގެ ފަރާތްތަކަށް ހިންގާ ޓްރޭނިންގތައް ކަމާބެހޭ ފަރާތްތަކާއި ގުޅައިގެން ހަމަޖެއްސުން، އަދި ޓްރޭނިންގ ހިނގަމުންދާ އިރު، ބޭނުންވާ އެހީތެރިކަން ޓްރޭނިންގ ހިންގާފަރާތަށާއި، ޓްރޭނިންގގައި ބައިވެރިވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
  2. ޓްރޭނިންގގައި ބައިވެރިވާ މިހުންގެ ހާޒިރީ ބެލެހެއްޓުމާއި ރެކޯޑްސް ބެލެހެއްޓުން.
  3.  ޓްރޭނިންގ މެޓީރިއަލްސް އާކައިވްކޮށް ބެލެހެއްޓުން
  4. ޓްރޭނިންގ ތަކުގެ ފީޑްބެކް ހޯދާ، އިވެލުއެޝަން އެނަލައިޒްކުރުމަށްފަހު ސުޕަވައިޒަރުންނަށާއި އެކްސްކޮމްއަށް ޙިއްސާކުރުން
  5. އޮފީހުގެ މުވައްޒަފުންނަށާއި އޮޑިޓް ޕްރޮފެޝަންގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޓްރޭނިންގތައް ދެނެގަތުމަށްޓަކައި ޓްރޭނިނގް ނީޑްސް އެނާލިސިސް ހެދުމުގައި އެހީތެރިވުން
  6. އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރެންސްގެ އިދާރީގޮތުން ކުރަންޖެހޭ ކަންކަން ރާވާ، ހިންގާ ބެލެހެއްޓުން
  7. އިންސްޓިޓިއުޓުން ހިންގާ ތަމްރީނުތައް މާރކެޓް ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ރާވާ، ހިންގާ ބެލެހެއްޓުން
  8. އިންސްޓިޓިއުޓް އޮފް އޮޑިޓް އެންޑް އެޝުއަރެންސްގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ ބައިވެރިއެއްގެ ގޮތުން ޕްލޭން ތަންފީޒުކުރުމުގައި ކުރަންޖެހޭ ކަންކަން ރާވާ، ހިންގާ ބެލެހެއްޓުން
  9. ކޯސްތަކާއި ތަމްރީނުތައް ފަރުމާކޮށް ތަައްޔާރު ކުރުމުގައި އެހީތެރިކަން ދިނުމާއި އަދި ކިޔަވައިދިނުމުގައި ޢަމަލީގޮތުން ބައިވެރިވުން
  10. އެކަޑެމިކް ބޯޑުގެ ބައްދަލުވުންތަށް އިންތިޒާމުކޮށް އިދާރީ ގޮތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން
  11. ލައިބްރަރީގެ އިންވެންޓްރީ ބަލަހައްޓާ، ލައިބްރަރީގެ ޚިދުމަތްދިނުމާއި ލައިބްރަރީގެ ޚިދުމަތް ފުޅާކޮށް، ތަރައްޤީ ކުރުމަށް މަސައްކަތް ކުރުން
  12. އޮފީހަށް ބޭނުންވާ ރިފަރެންސް މެޓީރިއަލްސް، ފޮތް، މެގަޒިންއަކީ ކޮބައިތޯ ދެނެގަނެ، މި ތަކެތި ހޯދުން
  13. ޔުނިޓަށް ބޭނުންވާ އެސްއޯޕީ އަދި މެނުއަލްސް ފަދަ ލިޔެކިޔުން ތައްޔާރުކުރުމުގައި އެހީތެރިވުން
  14.  އޮފީހުން ކުރިއަށްގެންދާޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިއެހެން ކންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).
  4. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ).
  5. ވަކި ފަރާތަކަށްޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.(މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް އަދި ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް.

ޓެކްނިކަލް އެސެސްމަންޓްތައް އަދި އިންޓަރވިއު، އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ހެދޭ އެސެސްމަންޓްތައް އަދި އިންޓަރވިއު އޮންނާނީ 27 ޖަނަވަރީ 2020 އާ 5 ފެބުރުއަރީ 2020 ދެމެދު އޮޑިޓަރ ޖެނެރަލް އޮފީހުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚު ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. އެސެސްމެންޓްތަކާއި ގުޅިގެން ކުރަންޖެހޭ މުއާމަލާތްތައް އީމެއިލްގެ ޒަރީޔާއިންވެސް ކުރެވޭނެއެވެ.

އެހެނިހެން

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންގެ ނަންތައް މިއޮފީހުގެ ވެބްސައިޓްގައި ޝާއިރުކުރެވޭނެއެވެ. އަދި ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  2. ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  3. މިމަޤާމަށް މުވަައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  4. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  5. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

19 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް (ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ).

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200 ނަންބަރު ފޯނަށެވެ. އީމެއިލް އެޑްރެހަކީ،  [email protected]  އެވެ.    

07 ޖަނަވަރީ 2020
ހޯދާ