ދިވެހިރާއްޖެ
- ކުމުންދޫ މެޖިސްޓްރޭޓް ކޯޓްގެ ސެކިޔުރިޓީ ބެލެހެއްޓުން.
މި ކޯޓްގެ އިމާރާތާއި އިމާރާތް ހިމެނޭ ގޯތީގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 12 ޖެނުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 10:00 ގައި، މި ކޯޓްގައި ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުން އެދެމެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމާއި، އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 15 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ 11:00 ގައި، ހދ.ކުމުންދޫ މެޖިސްޓްރޭޓް ކޯޓްގައެވެ.
މި މަސައްކަތަށް އެދި ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ކޯޓަށް ދުރުވެ ކަނޑައެޅިފައިވާ ތާރީޚްގައި މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި މަސައްކަތުގެ މައުލޫމާތު ކަރުދާސް، މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ދެވޭނެވެ.
އިތުރު މައުލޫމާތު މިކޯޓްގެ ނަންބަރު: 6528843 ފޯނާއި ގުޅުއްވުމުން ލިބިލައްވާނެއެވެ.