މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
ވައިސް ރެކްޓަރ

ވަޒީފާގެ ފުރުޞަތު

އިޢުލާން ނަންބަރ: (IUL)MCIF/1/2020/01

މި ކުންފުނީގެ ދަށުން ހިންގަމުންގެންދާ ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯރ އިސްލާމިކް ފައިނޭންސްގެ ވައިސް ރެކްޓަރ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މަޤާމް        : ވައިސް ރެކްޓަރ

ބޭނުންވާ އަދަދު  : 1 (އެކެއް)

މަޤާމުގެ މަސްޢޫލިއްޔަތުތައް:

·         އިންސްޓިޓުއުޓްގެ އެންމަހައި ކަންކަން އިސްކޮށް ރާވައި ހިންގުން؛  

·         އިންސްޓިޓުއުޓްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އާއި އެއްގޮތަށް ކޯސްތައް ރާވައި ކަރިކިއުލަމް ތައްޔާރުކުރުމާއި، ކޯސްތައް ސުޕަވައިޒް ކުރުން؛

·         އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ތަޢުލީމާއި ތަރައްޤީގެ ފުރުޞަތުތައް ހޯދުމާއި އިންސްޓިޓުއުޓްގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުން؛

·         އިންސްޓިޓުއުޓް އިން ހިންގައި ކޯސްތަކާއި އަދި ޕްރޮގްރާމްތަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުން؛

·         ބޭރުގެ ފަރާތާއި ގުޅިގެން ބޭއްވޭ ކޯސްތައް ކޯޑިނޭޓްކޮށް ހިންގުން؛

·         އިންސްޓިޓުއުޓް އިން ކުރިޔަށްގެންދާ ދިރާސާތަކާއި ޝާއިޢުކުރާ ފޮތްތައް ޝާއިޢުކުރުމުގެ ކަންތައް ކޯޑިނޭޓްކުރުން؛

 

މަޤާމުގެ ޝަރުތު:

·         ފައިނޭންސް ނުވަތަ މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއި އެކު އެޑިއުކޭޝަން ދާއިރާއިން މަދުވެގެން 05 (ފަސް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛

·         ތަމްރީން ޕްރޮގްރާމްތައް ތަރައްޤީކޮށް ހިންގުމުގެ ތަޖުރިބާ ލިބިފައިވުން؛

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިކުންފުނީގެ ވެބްސައިޓް: www.mcif.mv އިން ލިބެން ހުންނާނެއެވެ.)

2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތު އެނގޭނޭ ރަސްމީ ލިޔުމެއް.

4.      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ .

5.      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ ތާރީޚު:

12 ޖަނަވަރީ 2020 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހަށަހަޅަން އެދެމެވެ. 

އީމެއިލް މެދުވެރިކޮށް ނަމަ[email protected] އަށް ފޮނުވުމަށް އެދެމެވެ.

ކުންފުނީގެ އެޑްރެސް:

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިން ފައިނޭންސް ލިމިޓެޑް

ހ. ހުޅުގަލި، 4ވަނަ ފަންގިފިލާ، ކަރަންކާމަގު

މާލެ، ދިވެހިރާއްޖެ

ފޯން :3008300 960   

އީމެއިލް: [email protected]

 

ނޯޓް: މި މިޤާމަށް އިންޓަވިއުއަށް ކިޔޭނީ ހަމަ އެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 

 
05 ޖަނަވަރީ 2020
ހޯދާ