ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ފީއަލީ ޞިއްހީމަރުކަޒުގައި ކޮންފަރެންސް ހޯލެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ނަންބަރ: (IUL)FHC/2019/001

އިޢުލާން

ފީއަލީ ޞިއްހީމަރުކަޒުގައި ކޮންފަރެންސް ހޯލެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

ފ. ފީއަލީ ޞިއްޙީމަރުކަޒިގައި 15×30 ފޫޓް ގެ ކޮންފަރެންސް ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި ފީއަލީ ސިއްހީމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ކޮންޓްރެކްޓް އެވޯޑްކޮށް އެއްބަސްވުމުގައި ސޮއިކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ގާނޫނު ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ރަޖިސްތްރީ ކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

06 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ 13:00

14 ޖެނުއަރީ 2020  ވާ އަންގާރަ ދުވަހުގެ 13:00

ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެބޭރުގައި "ފީއަލީ ޞިއްހީމަރުކަޒުގެ ކޮންފަރެންސް ހޯލް އިމާރާތްކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރ: 6740630/7599930/7947921  އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

29 ޑިސެމްބަރ 2019

             

29 ޑިސެންބަރު 2019
ހޯދާ