މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގުޅޭ

އިޢުލާން

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކާއި ގުޅޭ

 

ދިވެހިރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގައުމީ މިންގަނޑެއް އެކުލަވާލާފައި ނުވާ ކާބޯތަކެތީގެ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މި އޮތޯރިޓީން ބަލާނެ މިންގަނޑުތަކަކީ ކޯޑެކްސް އެލިމެންޓޭރިއަސް ކަމިޝަން އިން އެކުލަވާލާފައިވާ މިންގަނޑުތަކެވެ.

ވީމާ، ދިވެހިރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެތި ހުންނަންވާނީ މަތީގައި ދެންނެވިފައިވާ ކާބޯތަކެތީގެ މިންގަނޑުތަކާއި އެއްގޮތަށް ކަމުގައި އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ނަމަ މި އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ ނަންބަރު 3014361 އަދި އޮފީސް ބަންދު ގަޑީގައި ނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7603204 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

31 ޑިސެންބަރު 2019
ހޯދާ