އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ރަސްދޫގައި "ޒޯން - އޭގެ ލައިސަންސް ޓްރެކެއް ހެދުން

ޒޯން، އޭގެ ލައިސަންސް ދޫކުރުމަށްޓަކައި، މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް، އއ.ރަސްދޫގައި އަމިއްލަ ތަކެތީގައި ޓްރެކެއް ހަދައިދޭނެ ފަރާތެއް ބޭނުންވެޖެ އެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ  ފަރާތްތަކުގެ ޤަވާޢިދު، ނަންބަރު: 2019/R-1019" (30 މާރޗް 2019) ގައިވާ ގޮތުގެމަތީން، ރަޖިސްޓްރީވެ، އަދި މި ޕްރޮޖެކްޓުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، 2019 ޑިސެމްބަރ 29 އިން 2020 ޖަނަވަރީ 07 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓްކުރެއްވުމަށްޓަކައި، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމެންޓް، ނަންނޯޓް ކުރައްވާ ފަރާތްތަކަށް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެ އެވެ.

މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 3,000/-ރ (ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓާރ) ހުށަހަޅުއްވަންވާނެ އެވެ.

ވީމާ، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ޝައުޤްވެރިވާ ފަރާތްތަކުން، 2020 ޖަނަވަރީ 12 ވަނަ ދުވަހުގެ 13:00ގެ ކުރިން އަންދާސީ ހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. 

29 ޑިސެންބަރު 2019
ހޯދާ