މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"ވޯޓަރ ރަން" ގެ އިވެންޓް މެނޭޖްކުރާނެ ފަރާތެއް ހޯދުމާއި ބެހޭ

މިމިނިސްޓްރީއިން 25 ޑިސެންބަރު 2019 ގައި ކުރި އިޢުލާނަށް (އިއުލާން ނަންބަރ:  (IUL)438-WS/438/2019/393) ބަދަލުތަކެއް ގެނެސްފައިވުމާއެކު މިކަން އަންގާ އިޢުލާންކުރަމެވެ.

ދުނިޔޭގެ ފެނުގެ ދުވަސް (22 މާރިޗް) ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށްހަމަޖެހިފައިވާ "ވޯޓަރ ރަން" އަމިއްލަ ތަކެތީގައި އަދި ސްޕޮންސަރޝިޕް މެދުވެރިކޮށް ލިބޭ ފައިނޭންސްގެ އެހީގައި އިވެންޓް މެނޭޖްކުރާނެ ފަރާތެއް ހޯދުމަށް އާއްމުކޮށް އިޢުލާންކުރަމެވެ.

މި މަސައްކަތްކުރުމަށް ހޮވޭފަރާތަކާއިއެކު ކޮންޓްރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ 4 އަހަރުގެ މުއްދަތަށެވެ.

އިވެންޓުމެނޭޖްކުރާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

(ހ) އިންޓަރނޭޝަނަލް ނުވަތަ ނެޝަނަލް ލެވެލްގައި މަދުވެގެން 3000 މީހުން ހިމެނޭ ގޮތަށް މިފަދަ " ރަން " ތައް ކުލަގަދަކޮށް ރާވާ ހިންގުމުގެ ތަޖްރިބާ ހުރުން

(ށ) އިވެންޓް މެނޭޖްކުރުމަށްޓަކައި އެކުލަވާލެވިފައިވާ ޓީމުގައި ފަންނީ ޤާބިލްކަން ހުރުން. މިގޮތުން މެނޭޖްކުރުމުގައި މާކެޓިންގ،  ޖެނެރަލް މޭނެޖްމަންޓް، ސޭލްސް، ސަޕޯޓް ސްޓާފުން މި ޓީމުގައި ހިމެނެންވާނެއެވެ. މިޓީމްގައި ހިމެނޭ ފަރާތްތަކުގެ ވަނަވަރު ހިމަނަންވާނެއެވެ.

ބީލަން އިވެލުއޭޓްކުރާނެ ގޮތުގެ ތަފްސީލް:

(ހ) މަދުވެގެން 3000 މީހުންނަށް އަމާޒުކޮށްގެން އިންޓަރނޭޝަނަލް ނުވަތަ ނެޝަނަލް ލެވެލްގައި މިފަދަ ރަންއެއް ރާވައި ހިންގާފައިވުން ޖުމްލަ 50 މާރކްސް ( ހިންގާފައިވާ ކޮންމެ އިވެންޓަކަށް 10 މާރކްސް)

(ށ) އިވެންޓް މެނޭޖްކުރުމަށްޓަކައި ފަންނީ ޤާބިލްކަން ހުރުން.  ޖުމްލަ 30 މާރކްސް ( ޓީމުގައި ހިމަނާ މާކެޓިންގ،  ޖެނެރަލް މޭނެޖްމަންޓް، ސޭލްސް، ސަޕޯޓް ސްޓާފުންގެ މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ޤާބިލްކަން ބަލާނީ އެ ފަރާތްތަކުގެ ވަނަވަރުގައި އެ ދާއިރާއެއްގެ ލިބިފައިވާ ތަޖްރިބާއަށެވެ. ) މިގޮތުން މާކްސް ބެހިފައިވާ ގޮތުގެ ތަފްސީލް ތިރީގައި އެވަނީ އެވެ.

  • މާކެޓިންގ ( އިވެންޓްތަކުގެ މާކެޓިންގ ދާއިރާގެ ތަޖްރިބާ ލިބިފައިވާ ނަމަ 05 މާކްސް )
  •  ޖެނެރަލް މޭނެޖްމަންޓް ( އިވެންޓްތަކުގެ ޖެނެރަލް މެނޭޖްމަންޓް ދާއިރާގެ ތަޖްރިބާ ލިބިފައިވާ ނަމަ 05 މާކްސް )
  •  ސޭލްސް ( އިވެންޓްތަކުގެ ސޭލްސް ދާއިރާގެ ތަޖްރިބާ ލިބިފައިވާ ނަމަ 05 މާކްސް )
  • ސަޕޯޓް ސްޓާފުން (އިވެންޓްތަކުގެ ސަޕޯޓިން ދާއިރާގެ ތަޖްރިބާ ލިބިފައިވާ ނަމަ ކޮންމެ ސަޕޯޓިން ސްޓާފަކަށް 03 މާކްސް، ގިނަވެގެން މި ކްރައިޓީރިއާއަށް ލިބޭނީ 15 މާކްސް)

(ނ) ފެނުގެ ދުވަހުގެ " ރަން " ކުރިއަށްގެންދިޔުމަށްޓަކައި ހުށަހަޅާ ކޮންސެޕްޓް އަދި މެތޮޑޮލޮޖީ (ހުށަހަޅާ ކޮންސެޕްއަކީ އިނޮވޭޓިވް އަދި އައު ހިޔާލެއް ނަމަ 20 މާރކްސް )

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަސައްކަތަށް އެދި ހުށަހަޅާ ފަރާތުގެ  ޕްރޮފައިލް
  • ވިޔަފާރީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ  އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ
  • ވޭދުވެދިޔަ 05 އަހަރު އިންޓަރނޭޝަނަލް ނުވަތަ ނެޝަނަލް ލެވެލްގައި ކުރިއަށްގެންދިޔަ މިފަދަ ރަންތަކުގެ ތަފްސީލް( ކްލައިންޓް، ބައިވެރިންގެ އަދަދު، އިވެންޓް ބޭއްވި އަހަރު )
  • ފެނުގެ ދުވަހުގެ އިވެންޓް ކޮންސެޕްޓް އަދި މެތޮޑޮލޮޖީ

ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން 05  ޖަނަވަރީ 2020 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ޕްރޮޕޯސަލް ތިރީގައިވާ އެޑްރެހަށް  ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހުށައެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވާނީ 5 ޖަނަވަރީ 2020 ވަނަ ދުވަހުގެ 12:00 ޖަހާ އިރު އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ.

ޕްރޮޕޯސަލް ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: 3018446

ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.

26 ޑިސެންބަރު 2019
ހޯދާ