ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

ހަނިމާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

         އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު

1 . ހަނިމާދޫ ކައުންސިލް އިދާރާގެ ގޯތިތެރެއާއި، ގޯތިތެރޭގައި ހުރި އިމާރާތްތަކާއި ރައްޔިތުންގެ ވެހިކަލް ގަރާޖާއި، އިދާރާގެ ގޯތީގެ ވަށައިގެންވާ އިންފާރުތައް ހިމެނޭގޮތަށް މީލާދީ 1 އަހަރުގެ މުއްދަތަށް ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ކުރި އިއުލާން ނަންބަރު (IUL)258/2019/60 ގެ މައުލޫމާތު ޝީޓުގައި ބައެއް މައުލޫމާތު ހިމެނިފައި ނުވާތީ މި އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

2 . މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެންބަރު 29 އިން 2019 ޑިސެމްބަރ 31 އަށް އަށް މިއިދާރާގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3 . މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2019 ޑިސެމްބަރ 31 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ސާފުކުރެއްވުން އެދެމެވެ.

4 . ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 ޖަނަވަރީ 05 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

26 ޑިސެންބަރު 2019
ހޯދާ