މަޤާމު.
|
ފައިނޭންސް އޮފިސަރ (ދާއިމީ)
|
މަޤާމްގެ ނަންބަރު.
|
J-317177
|
ބޭނުންވާ ޢަދަދު.
|
01 (އެކެއް)
|
މަޤާމުގެ ގިންތި
|
ދާއިމީ
|
މަޤާމުގެ ރޭންކް.
|
އެމް.އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން.
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަންޖެހޭ ތަން.
|
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ، ހއ.އިހަވަންދޫ
|
މުސާރަ.
|
-/6295 ރުފިޔާ (ހަހާސް ދުއިސައްތަ ނުވަދިހަ ފަސް ރުފިޔާ) (މަހަކު)
|
ސަރވިސް އެލަވަންސް.
|
-/2,000 ރުފިޔާ (ދެހާސް ރުފިޔާ) (މަހަކު)
|
އެހެނިހެން އެލަވަންސްތައް.
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/900 ރުފިޔާ (މަހަކު).
- ޓެކްނިކަލް ކޯ އެލަވަންސް އަސާސީ މުސާރައިގެ %28 (ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން މަތީ ސަނަދެއް ހާސިލްކޮށްފައިވާނަމަ)
- ސަޕޯޓިންގ ކޯ އެލަވަންސް 900.00 ( ނުވަސަތޭކަ ރުފިޔާ ) ( ސަޕޯޓިންގ ކޯ އެލަވަންސް ލިބޭނީ ޓެކުނިކަލް ކޯ އެލަވަންސް އަށް ޝަރުތު ހަމަނުވެ ވަޒީފާ ހަމަޖެހޭ ފަރާތްތަކަށެވެ) .
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް.
|
- ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި ލާމަރުކަޒީ ޤާނޫނާއި އަދި މާލީ ވުޒާރައިން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލް އިދާރާގެ ފައިސާއާއިބެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އެކިފަރާތްތަކުން ކައުންސިލްގެ އިދާރާއަށް ދައްކާފައިސާ ބަލައި ގަތުމާއި، އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ ޙަވާލު ކުރުމާއި، އަދި ދައުލަތަށް ލިބޭ އާމްދަނީ ފައިސާއާއި، ހަމަ އެހެންމެ އެކިފަރާތްތަކަށް ޖަމާކުރަންޖެހޭ ފައިސާ ބޭންކު އެކައުންޓުތަކަށް ޖަމާކުރުން.
- ކައުންސިލްގެ އިދާރާގެ ބަޖެޓާއި، ކައުންސިލް އިދާރާގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކާއި، އަދި އެކިފަރާތްތަކުން ކައުންސިލްގެ އިދާރާއަށް ދައްކާފައިސާއާއި ޚަރަދު ކުރާފައިސާގެ ހިސާބުތައް ހަމަޖެހިފައިވާ ޤަވާޢިދާއި އެއްގޮތަށް އައިޓީ ސިސްޓަމުން،ނުވަތަ ފޮތްތަކުން ބެލެހެއްޓުން.
- އެކި ފަތާތްތަކުން އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދައްކަންޖެހޭ ފައިސާ އެ ފައިސާ ދެއްކުމަށް އޮންނަ ޤަވާޢިދާއި އެއްގޮތަށް ނުދައްކާ ނަމަ އެފައިސާއާއި ބެހޭ މަޢުލޫމާތުތައް އެނގޭ ގޮތަށް ލިޔެ އެކަން ސްޕަވައިރަށް ރިޕޯޓްކުރުން.
- ކައުންސިލްގެ އިދާރާއިން ހޯދާ ތަފާތު ޚިދުމަތްތަކަށް ދޭންޖެހޭ ފައިސާ ވީ އެންމެ އަވަސްގޮތެއްގެ މަތިން އެ ފަރާތްތަކަށް ޙަވާލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި އެފައިސާ އެފަރާތްތަކާއި ޙަވާލު ކުރުން.
- ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުން މަސައްކަތް ކުރައްވާ އެންމެހައި ފަރާތްތަކަށް ދޭންޖެހޭ މުސާރައާއި އެހެނިހެން އިނާޔަތްތައް ޤަވާޢިދުން ދެމުން ގެންދިއުމާއި، އަދި އެކަންތައްތަކާއި ބެހޭ ރެކޯޑްތައް ލިޔެ ބެލެހެއްޓުން.
- ޤާނޫނު ތަކާއި ޤަވާޢިދު ތަކަށް ނަޒަރުކޮށް، ކައުންސިލްގެ އިދާރާގެ ބަޖެޓް ފޮނުވުމަށް އޮންނަ ނަމޫނާއާއި އެއްގޮތަށް ބަޖެޓް ތައްޔާރުކޮށް، ކައުންސިލްގެ ޖަލްސާއަށް ހުށަހެޅުމާއި، ބަޖެޓް ފޮނުވުމަށް ބަޔާންކޮށްފައިވާ މުއްދަތުގެ ކުރިން ބަޖެޓް ފޮނުވުމާއި، އަދި ކައުންސިލްގެ ޖަލްސާއަށް ހުށަހަޅާ ބަޖެޓް ފާސްކުރުމަށް، ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އިހަވަންދޫ ކައުންސިލްގެ އިދާރާއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ފައިސާއާއި ބެހޭ އެންމެހައި ރިޕޯޓުތައް ނަމޫނާއާއި އެއްގޮތަށް ލިޔެ ތައްޔާރުކޮށް އެ ރިޕޯޓުތައް ފޮނުވަންޖެހޭ މުއްދަތުގެ ތެރޭގައި ފޮނުވުން.
(ހ) ކައުންސިލްގެ އިދާރާގެ ތިޖޫރީ ރިޕޯޓް.
(ށ) މަހުންމަހަށް ތައްޔާރު ކުރަންޖެހޭ ފައިސާގެ ރިޕޯޓް.
(ށ) ކައުންސިލް އިދާރާގެ ހިނގި ޚަރަދާއި ބާކީ 6 މަސްދުވަހުގެ ރިޕޯޓް.
(ނ) ކައުންސިލް އިދާރާގެ ހިނގި ޚަރަދާއި ބާކީ އަހަރު ދުވަހުގެ ރިޕޯޓް
(ރ) މާލީ ބަޔާން.
(ބ) އިންޓަރނަލް އޯޑިޓް ރިޕޯޓް.
(ޅ) ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް، ލިބުނު ފައިސާގެ ރިޕޯޓް.
(ކ) ބިމުކުއްޔަށް ލިބުނު ފައިސާގެ ރިޕޯޓް.
(އ) ރައްޔިތުންގެ ޢިމާރާތާއި އަދި ރައްޔިތުންގެ ޢިމާރާތުން ކޮޓަރި ކުއްޔަށް ދީގެން ލިބުނު ފައިސާގެ ރިޕޯޓް.
(ވ) އެކިއެކި ކަންކަމަށް ފައިސާހޯދުމަށް ހުޅުވާ ފަންޑުތަކަށް ލިބޭ ފައިސާގެ ރިޕޯރޓް.
(މ) އަދި ފައިސާއާއި ބެހޭ އެނޫންވެސް ރިޕޯޓެއް ހަދަންޖެހޭނަމަ އެ ރިޕޯޓެއް ހެދުމާއި އެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
- ކައުންސިލްގެ އިދާރާއިން ކުރިއަށް ގެންދާ ތަފާތު އިވެންޓުތަކުގައި ބައިވެރި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އަދި ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުން 5 އަހަރު ދުވަހަށް އެކުލަވާލެވޭ ތަރައްޤީގެ ޕްލޭނަށް ބިނާކޮށްގެން، ފައިނޭންޝަލް ޕްލޭން އެކުލަވާލާއި ޢާއްމުކުރުމާއި މަސައްކަތު ތާވަލު ހެދުމާއި، އެކަންކަން ރިވިއު ކުރަންޖެހޭ ޙާލަތުގައި އެ މަސައްކަތްތައް ކުރުން.
- އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކުގަޔާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު ބަރާބަރަށް އެ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް.
|
- މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ދާއިރާއަކުން (ފައިނޭންސް ނުވަތަ އެކައުންޓިންގ) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
ހުށައަޅަންޖެހޭ ލިޔުންތައް.
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު(ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާބެހޭ ގަވާއިދު" ގައިވާ ގޮތުގެ މަތިން)ޖަހާފައިވާ ލިޔުންތައް؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓް:
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓް.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ އަސްލާއެއްގޮތްކަމުގެ ތައްގަނޑު (ދިވެހިރާއްޖޭގެބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓްފިކެޓްގެ އަސްކާ އެއްގޮތްކަމުގެ ތައްގަނޑު( ދިވެހިރާއްޖޭގެބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.
- މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެއަސްލާ އެއްގޮތްކަމުގެ ތައްގަނޑު( ދިވެހިރާއްޖޭގެބާ ކައުންސިލުގެ "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭގަވާއިދު" ގައިވާ ގޮތުގެ މަތިން) ޖަހާފައިވާ ލިޔުން.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން: ނުވަތަ ވަޒީފާއަދާ ކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.
|
ދާއިރާ
|
ބެލޭނެ ބައިތައް
|
މާކްސް
|
އިންސައްތަ
(%)
|
ކެޓަގަރީގެ ޖުމްލަ އިންސައްތަ
|
ތަޢުލީމާއި ތަމްރީނު
|
ލިބިފައިވާ ތަޢުލީމު
|
65
|
35
|
40 |
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު.
|
30
|
5
|
އިމްތިޙާން
|
"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"
|
12
|
5
|
5
|
މަސައްކަތު ތަޖުރިބާ
|
މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ.
|
23
|
15
|
15
|
ލިބިފައިވާ ހުނަރު
|
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް
|
100
|
40
|
40
|
ޖުމްލަ
|
230
|
100
|
100
|
ނޯޓް: މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރީއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި.
|
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ޖަނަވަރީ 08 ވާ ބުދަ ދުވަހު ގެ 13:00 ގެ ކުރިން، އިހަވަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު.
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ޖަނަވަރީ 10 އާއި 2020 ޖަނަވަރީ 15 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން.
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު) " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާއްމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|