ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ ކޮލަމާފުށީގެ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ދުރުރާސްތާ ތަރައްޤީގެ ޕްލޭން އެކުލަވާލާނެ ފަރާތެއް ހޯދުން

                     މިރަށުގެ ކުރިއަށް އޮތް 20 އަހަރުގެ ދުރު ރާސްތާ ތަރައްޤީޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                     ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތް ނިންމޭނެ މުއްދަތު ހިމެނޭ ގޮތަށް 27 ޖަނަވަނީ 2020 ވާ ހޯމަ ވަހުގެ 13:00 އަށް މިއިދާރާއަށް އަގުހުށަހެޅުއްވުން އެދެމެވެ.

                      މި މަސައްކަތައް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުންނެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި މީރާގައި ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުން ހުށަނާޅާނަމަ އަންދާސީ ހިސާބް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                     މިހެންވެ މިކަން އާންމުކޮށް އިޢުލާންކުރީމެވެ.

25 ޑިސެންބަރު 2019
ހޯދާ