ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އޮފީސް އެސިސްޓެންޓް މަޤާމަށް މުވައްޒަފަކު ހޯދުމަށް.

 

މަޤާމު

އޮފީސް އެސިސްޓެންޓް

 

މަޤާމުގެ ނަންބަރު

J-311009

 

ބޭނުންވާ އަދަދު

01 (އެކެއް) - ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

 

މަޤާމުގެ ގިންތި

ދާއިމީ

 

މަޤާމުގެ ރޭންކް

އެސް. އެސް. 2

 

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

 

ޑިވިޝަން / ސެކްޝަން

ކޯޕަރޭޓް ސަރވިސް ޑިވިޜަން، އެޑްމިނިސްޓްރޭޓިވް ސެކްޝަން، ޖެނެރަލް އެޑްމިން ޔުނިޓް

 

ވަޒީފާ އަދާކުރަންޖެހޭ ތަން

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް / ސ.ހިތަދޫ

 

މުސާރަ

-/3470 ރުފިޔާ

 

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

 

އެހެނިހެން އެލަވަންސް

1.ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2.ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި   އެހެނިހެން އިނާޔަތްތައް

3.ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް

4.ސަޕޯޓިންގ ކޯ އެލަވަންސް 1 ގެ ގޮތުގައި މަހަކު -/1200 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ހޮސްޕިޓަލުގެ ފަރާތުން އެކި ތަންތަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ފައިސާއާއި އެހެނިހެން ތަކެތި އެފަރާތްތަކާ ޙަވާލުކުރުން.
  2. ބޭންކުން ނަގަންޖެހޭ ފައިސާ ނެގުމާއި ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުން.
  3. އޮފީހުގެ ރަސްމީ މަސައްކަތް އޮންނަ ދުވަސްދުވަހު އޮފީހުގެ މަސައްކަތް ފެށުމުގެ ކުރިން މޭޒްތައް ފޮޅާ ސާފުކުރުން.
  4. އޮފީހުގެ ބައްދަލުވުންތައް ބޭއްވުމަށްޓަކައި މީޓީން ރޫމް ތައްޔާރުކުރުން.
  5. ހޮސްޕިޓަލުގެ އެކި ބޭނުންތަކުގައި އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  6. ހޮސްޕިޓަލުގެ ސެކްޝަންތަކާއި މުވައްޒަފުންނަށް ޙަވާލުކުރަންޖެހޭ ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ޙަވާލުކުރުން.
  7. ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުން
  8. މުވައްޒަފުން މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވެދިނުމާއި އެހީތެރިވެދިނުން.
  9. މީގެ އިތުރުން ހޮސްޕިޓަލުގެ އެހެނިހެން މުވައްޒަފުނަށް އެހީތެރިވެ ދިނުމާއި ޢާއްމުކޮށް މަސައްކަތް ކުރުމަށް
  10. ހަމަޖެހިފައިވާ ދާއިރާފިޔަވައި އެހެންދާއިރާތަކުގެ މުވައްޒަފުން ބައިވެރިވެގެން ކުރާނަމަ އިސްނެގުމާއެކު ޢަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

ލިޔަން ކިޔަން އެނގުން.

 

ގުޅޭ ވަޒީފާގެ ދާއިރާތައް

ކްލެރިކަލް ސަޕޯޓް

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ޖަނަވަރީ 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ވަނަ އަހަރުގެ ޖެނުއަރީ  މަހު ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

 

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުޔ ނޫން 5 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 6885045 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

23 ޑިސެންބަރު 2019
ހޯދާ