ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ
ދިވެހިރާއްޖެ
ރިސަރޗް ސައިކަލް-II ގައި ބައިވެރިވުމާބެހޭ

`

 

                       

ޖުޑީޝަލް އެކެޑަމީ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

މާލެ، ދިވެހިރާއްޖެ  

  

 

އިޢުލާން

 

ތަމްރީނުގެ ފުރުޞަތު

ނަންބަރު:  198JA-B/2019/12

ތާރީޚް:  23 ޑިސެންބަރު 2019

ކޯސް

ރިސަރޗް ސައިކަލް-II

ޖާގައިގެ އަދަދު

03 (ތިނެއް)

އިންސްޓިޓިއުޓް / ޤައުމު

ފެޑެރަލް ޖުޑީޝަލް އެކެޑަމީ، އިސްލާމްއާބާދު، ޕާކިސްތާން

މުއްދަތު

  • 2020 ފެބުރުވަރީ 3 އިން ޖޫން 26 އަށް.
  • ޕާކިސްތާނުގައި މަސައްކަތްކުރާނީ ފެބުރުވަރީ 3 ވަނަ ދުވަހުން 29 ވަނަ ދުވަހުގެ ނިޔަލަށް.

ޝަރުޠު

  1. ޖުޑީޝަރީގައި މަސައްކަތް ކުރައްވާ އަންނަނިވި ފަރާތަތްކުގެ ތެރެއިން ފަރާތެއް ކަމުގައި ވުން:
  • ފަނޑިޔާރުން؛ ނުވަތަ
  • މެޖިސްޓްރޭޓުން؛ ނުވަތަ
  • ލީގަލް އޮފިސަރުން.
  1. އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގޭ ފަރާތަކަށް ވުން. (ވާހަކަދެއްކުން، ލިޔުން، ކިޔުން)
  2. އަދާކުރާ ވަޒީފާގެ ޕްރޮބޭޝަންގެ މުއްދަތު ހަމަވެފައިވުން.

ކޯހާބެހޭ މަޢުލޫމާތު

  • ކޯހާބެހޭ މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައި.

މި ކޯހަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ޚިދުމަތްކޮށްފައިވާ މުއްދަތު.
  • ރިސަރޗް ކުރުމަށް އަހުލުވެރިވެފައިވާ މިންވަރު.

ޕާރސަނަލް ސްޓޭޓްމަންޓް

މި ކޯހުގައި ބައިވެރިވުން އެދި ހުށަހަޅާ ޕާރސަނަލް ސްޓޭޓްމަންޓުގައި ފުރިހަމަވާންޖެހޭ ކަންކަން ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

  • ބަސް: އިނގިރޭސި
  • ދިގުމިން: 1000 (އެއްހާސް) ލަފުޒަށް ވުރެ ދިގު ނޫން.
  • ހިމަނަންޖެހޭ ބައިތައް:
  • ކޯހުގައި ބައިވެރިވާން ބޭނުންވާ ސަބަބު.
  • ކޯހުގައި ބައިވެރިވުމުން ލިބޭނެ ފައިދާ.
  • ރިސާރޗްކުރުމަށް ޝައުޤުވެރިވާ ދާއިރާތައް.
  • ރިސާރޗް މަސައްކަތެއް ކޮށްފައިވާނަމަ، އެ މަސައްކަތަކާ ބެހޭ މަޢުލޫމާތު.

ހުށަހަޅާން ޖެހޭ ތަކެތި

  1. ޕާރސަނަލް ސްޓޭޓްމަންޓް
  2. ސީވީ
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައިވާ އަސްލުގެ ކޮޕީ)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ.

ސުންގަޑި

2020 ޖަނަވަރީ 6 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން.

ހުށަހަޅާނެ ގޮތް

1. ހާޑް ކޮޕީ ނަމަ: ޖުޑީޝަލް އެކެޑަމީއަށް

2. އީމެއިލް މެދުވެރިކޮށް ނަމަ: [email protected] އަށް

އިތުރު މަޢުލޫމާތު

  • މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނެ ނަންބަރު: 3396880
  • މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލްކުރައްވާނެ އީމެއިލް އެޑްރެސް:  [email protected]
  • އީމެއިލް މެދުވެރިކޮށް ހުށަހަޅާ ހުށަހެޅުންތައް ލިބުނުކަން ޔަޤީންކުރެއްވުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  • ހުށަހަޅާން ޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ ހުށަހެޅުންތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
23 ޑިސެންބަރު 2019
ހޯދާ