ރ. އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ރ.އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

މިކޯޓު ހިންގަމުންގެންދާ ރ.އިނގުރައިދޫ އިއުފާ ކިޔާ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ކޮންޓްރެކްޓްގެ އުޞޫލުން ބަލަހައްޓައި ދެއްވާނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މިކަމަށް ކުރިމަތިލާ ފަރާތަކީ ސެކިއުރިޓީ ބެލެހެއްޓުމުގެ މަޤްޞަދުގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި، މިމަސައްކަތައް އަންދާސީ ހިސާބު ހުށަހަޅާއިރު ކުންފުންޏަކުންނަމަ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ އަދި، އަމިއްލަ ފަރުދަކުނަމަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ.

ވިމާ، މިކަމަށް އެދޭފަރާތްތަކުން 25 ޑިސެންބަރު 2019 ދުވަހުގެ 10:30 އަށް ރ.އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސީޓްގައި ހުށަހަޅަން ޖެހޭނެކަމަށް ބަޔާން ކޮށްފައިވާ ތަކެތި ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށާއި، މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

23 ޑިސެންބަރު 2019
ހޯދާ