ދިވެހިރާއްޖެ
އިޢުލާން
ކަސްޓަމްސްގައި ރަޖިސްޓަރީނުކޮށް މުދާ އިމްޕޯޓް ނުވަތަ އެކްސްޕޯޓް ނުވަތަ ރީ-އެކްސްޕޯޓްކުރުން:
މުދާ އެކްސްޕޯޓްކުރުމާއި، އިމްޕޯޓްކުރުމާއި، ރީއެކްސްޕޯޓްކުރުމުގެ ޤަވާއިދު (ޤަވާއިދު ނަންބަރު: R-34/2012) ގެ 15 އަދި 16 ވަނަ މާއްދާގެދަށުން މުދާ އެތެރެކުރުމުގައި ކަސްޓަމްސްގައި ރަޖިސްޓަރީކުރުން އިސްތިސްނާ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެންފަރާތްތަކުން، ކަސްޓަމްސްގައި ރަޖިސްޓަރީނުކޮށް، މުދާ އިމްޕޯޓްކުރަން ނުވަތަ އެކްސްޕޯޓްކުރަން ނުވަތަ ރީ-އެކްސްޕޯޓްކުރަން އުޅެފިނަމަ، އެފަރާތްތަކުގެ ޑިކްލަރޭޝަން ނިންމުމުގައި އެޤަވާއިދުގެ 7 ވަނަ މާއްދާއާ ޙަވާލާދީ އަންނަނިވި ގޮތުގެމަތީން ޕްރޮސެސިންގ ފީ ނަގާގޮތަށް ހަމަޖައްސައިފީމެވެ.
- ޕްރޮސެސިންގ ފީގެ ގޮތުގައި ނަގާނީ ޑިކްލަރޭޝަންގައިވާ މުދަލަށް ކަސްޓަމްސްއިން ކަނޑައަޅާ ސީ.އައި.އެފް އަގުގެ (ދިހައެއް އިންސައްތަ) އެވެ.
- ޕްރޮސެސިންގ ފީ ނެގޭނީ ކޮމާޝަލް ކްއެންޓިޓީގެ ގޮތުގައި ބެލެވޭ ތަކެއްޗަށެވެ. ޕްރޮސެސިންގ ފީ ނެގޭ ޙާލަތުގައި ރެވެނިއު ސްޓޭމްޕް ފީ ދައްކާކަށް ނުޖެހޭނެއެވެ.
- ގެދޮރު ޢިމާރާތްކުރުމަށާ، އޮޑިދޯނިފަހަރު ބަނުމަށް އަމިއްލަ ފަރާތްތަކުން އެފަރާތްތަކުގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީނުކޮށް މުދާ އެތެރެކުރާ ޙާލަތުގައި، އެފަރާތްތަކުގެ ޑިކްލަރޭޝަން ނިންމުމުގައި ޕްެރޮސެސިންގ ފީ ނެގުމުން އިސްތިސްނާވާނެއެވެ. ނަމަވެސް އެފަރާތްތަކުން އިސްވެދެންނެވުނު ޤަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުގެމަތީން ރެވެނިއު ސްޓޭމްޕްގެ އަގަށްވާ ފައިސާ ދައްކަންޖެހޭނެއެވެ.
ވީމާ، 01 ޖެނުއަރީ 2020 ވަނަ ދުވަހުން ފެށިގެން، ޕްރޮސެސިންގ ފީ ނެގުމާބެހޭ ކަންތައްތައް މަތީގައިވާ ގޮތުގެމަތީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
22 ރަބީޢުލްއާޚިރު 1441
19 ޑިސެންބަރު 2019