ދިވެހިރާއްޖެ
މި އިޢުލާންވަނީ 08 ޖަނަވަރީ 2020 13:10 ގައި ބާތިލް ކުރެވިފައެވެ.
ނަންބަރ: IUL)GS-183-ADMIN/INDIV/2019/14)
އިޢުލާން
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން
މިސްކޫލްގައި ތިރީގައި މިވާ މަރާމާތުތައް ކުރުމަށްވަނީ ބޭނުންވެފައެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 24 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި މިސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
- އަލަށް ވެސް ކުލަނުލާހުރި ސްކޫލް ގޯތިގެ ވަށާފާރުގެ 2 ފާރުގައި ކުލަލުން.
- ހަތަރު ކުލާސްރޫމް ޢިމާރާތުގެ ނަލަފިލާ ބަދަލުކުރުމާ އަސްކެނި ސީލިންގ ބަދަލުކުރުން.
- ދެކުލާސްރޫމް ޢިމާރާތުގެ އަސްކެނި ބަދަލުކޮށް ސީލިންގ ކުރުމާ 6 ކުލާސްރޫމްގެ ތަޅު ބަދަލުކުރުން.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.
22 ޑިސެމްބަރ 2019
20 ރަބިޢުލްއާޚިރު 1441
މުޙައްމަދު ޢިބުރާޙިމް
(ސްކޫލް އެޑުމިނިސްޓްރޭޓަރ )