ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން

ތިރީގައި މިދަންނަވާ ރުއްތަކުގެ ނީލަން ކިޔުން ދެންނެވިފައިވާ ދުވަހުގެ އެގަޑިތަކުގައި އޮންނާނެ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

1-   ފުވައްމުލަކު މާދަޑު ވިދުވަރުގޯޅިއަށް ދަތިވާގޮތަށް، ފުވައްމުލަކު މާދަޑިގެ ހުޅަގުން އޮތް ވިޔަފާރި ބިމުގައި ހުރި ފޯދުނު ދިވެހިރުކުގެ ނީލަން ކިޔުން 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހު ހެދުނު 9:00 ގައި އެމަގުގައި އޮންނާނެއެވެ.

2-    ފުވައްމުލަކު މާދަޑު ވިދުވަރުގޯޅިއަށް ދަތިވާގޮތަށް، ފުވައްމުލަކު އެއްގަމިގެ ގޯތީގައި ހުރެގެން އެއްގަމިގެ އިބްރާހީމް ޙަސަނަށް ބަދަލުދީފައިވާ ފޯދުނު ދިވެހިރުކުގެ ނީލަން ކިޔުން 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހު ހެދުނު 9:10 ގައި އެމަގުގައި އޮންނާނެއެވެ.

ވީމާ ނީލަމުން މިރުއްތައް ނަންގަވާ ފަރާތަކުން މިރުކުގެ ބައިތަކާއެކު 03 ދުވަހުގެތެރޭ އެތަނުން ނަންގަވަން ވާނެއެވެ. ނީލަމުން ނެންގެވުމަށްފަހު ނީލަން ދޫނުކުރެވޭނެއެވެ.

މީނީލަމުގައި ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެ ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ. 

22 ޑިސެންބަރު 2019
ހޯދާ