މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މޯލްޑިވްސް އެންހޭންސިންގ އެމްޕުލަޔަބިލިޓީ ރެސިލިއެންސް އޮފް ޔޫތް ޕުރޮޖެކްޓް

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

 

ޕުރޮޖެކްޓްނަން: ޕޮލިޓެކްނިކަށް ބޭނުންވާ ލެބޯރަޓަރީ ސާމާނު ފޯރުކޮށްދީ، އަންގާ ތަނެއްގައި ތަކެތި ރާވައިދިނުން.

 

މިމިނިސްޓްރީގެ ޕުރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް އިން ޕޮލިޓެކްނިކަށް ބޭނުންވާ ތަކެތި ގަންނަން ބޭނުން ވެއްޖެއެވެ. މިމަމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތަށް އެޓޭޗްކުރެވިފައިވާ ބީލަންފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.  

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019  ޑިސެންބަރު 19 އިން 2019 ޑިސެންބަރު 29 ، ހެދުނު 9:00 ން މެންދުރު  14:00 އަށް ބަންދު ނޫން ކޮންމެ ދުވަހަކު މިމިނިސްޓްރީގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށް އެކަނިއެވެ.

މިޕްރޮޖެކްޓާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 2019  ޑިސެންބަރު 30 ވަނަ ދުވަހުގެ 9:30 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ފެންބިލްޑިން، 2 ވަނަ ފަންގިފިލާ ހުންނަ މީޓިންރޫމްގައި އޮންނާނެއެވެ. މިބައްދަލުވުމުގައި ބައިވެރި ވެވޭނީ މަތީގައިވާ ދެންނެވިފައިވާ މުއްދަތު ޕުރޮޖެކްޓްގައި ބައިވެރިވާން ނަންނޯޓް ކުރި ފަރާތް ތަކަށް އެކަނިއެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާފަރާތް ތަކުން ބިޑް ސެކިއުރިޓީ އެއްގޮތުގައި 10,000.00 ( ދިހަހާސް ދިވެހި ރުފިޔާ) ބިޑް ހުށަހަޅާއިރު ހުށަހަޅަން ޖެހޭނެއެވެ.

ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019  ޖެނުއަރީ 08 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ 02 ވަނަ ފަންގިފިލާ، މީޓިންރޫމްގައި އެވެ.

މިޕްރޮޖެކްޓާ-އި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019  ޑިސެންބަރު 31 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

އިތުރުމަޢުލޫމާތު ހޯދެވުމަށް ތިރީގައި ނަންބަރ ގުޅުއްވުންއެދެމެވެ.

ފޯން: 3026975

އީމެއިލް ކުރައްވާނީ:

[email protected]

 

19 ޑިސެންބަރު 2019
ހޯދާ