ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނަގައި ބިން ސާފުކުރުން.

    ހއ. އިހަވަންދޫގައި އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތީގެ ލައިސަންސް ކާޑްގެ ޚިދުމަތް ދިނުމަށް ޓަކައި ހެދުމަށް ހަމަޖައްސާފައިވާ ޓްރެކް ބިމުގައިހުރި ރުއްގަސް ނަގައި އެބިން ސާފްކުރުމަށް ވަނީ ބޭނުންވެފައެވެ.

    މި ބިން އޮންނާނީ އާމިނާދިޔޯ ސިއްޙީ މަރުކަޒުގެ ދެކުނުން ރަށުގެ ގޮނޑުދޮށާ ކައިރީގައެވެ. ބިމުގައި ހުރި ރުއްގަހުގައި މިއިދާރާއިން ވާނީ ފެހި ކުލައިން ނަންބަރު ޖަހާ ފާހަގަ ކޮށްފައެވެ.

    ވީމާ، އެ ބިމުގައިހުރި ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭ ގޮތަށް 26 ޑިސެންބަރު 2019 ވަނަދުވަހު 14:00 ގެ ކުރިން މި އިދާރާގައި ނަންނޯޓު ކުރެއްވުން ދެންނެވީމެވެ.

    މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 ޑިސެންބަރު 2019
ހޯދާ