އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ސްޕީޗްތެރަޕިސްޓް

މަޤާމް :ސީނިއަރ ސްޕީޗްތެރަޕިސްޓް
ބޭނުންވާ އަދަދު :1

އިއުލާން

 

 މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. މިމަގާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލްފަރާތެކެވެ.

މަޤާމް:

ސީނިއަރ ސްޕީޗްތެރަޕިސްޓް

 

މަޤާމުގެ ނަންބަރު:

J-316196

 

ބޭނުންވާ އަދަދު:

01  (އެކެއް)

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކް:

އެމް.އެސް. 3

 

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކްލިނިކަލް ޑިޕާޓްމަންޓް ، ޕީޑިއެޓްރިކްސް އެންޑް ސްޕީޗްތެރަޕީ ސެކްޝަން / އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ

 

މުސާރަ:

މަހަކު -/7035 ރުފިޔާ

 

ސަރވިސް އެލެވަންސް:

މަހަކު -/2500 ރުފިޔާ

 

ރިސްކް އެލެވަންސް:

ޓެކްނިކަލް ކޯ އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

މަހަކު -/1969.80 ރުފިޔާ  މުސާރައިގެ %28 (މަހަކު)

 

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ވާހަކަ ދެއްކުމުގެ އުނދަގޫތައް ހުންނަ ފަރާތްތައް ބަލާ، ތަހުލީލްތައްކޮށް، ފަރުވާ ކުރިއަށް ދާނެގޮތް ދެނެގަނެ ފަރުވާ ކުރިއަށް ގެންދިއުން.
  2. ކެއުން ބުއިމުގެ އުނދަގޫތައް ހުންނަ ފަރާތްތައް ބަލާ، ތަހުލީލްތައްކޮށް، ފަރުވާ ކުރިއަށް ދާނެގޮތް ދެނެގަނެ ފަރުވާ ކުރިއަށް ގެންދިއުން.
  3. އަޑު އެހުމުގެ އެނދަގޫތައް ހުންނަ ފަރާތްތައް ތަހުލީލްތައްކޮށް އޭގެ ނަތީޖާއަށް ބަލާ އެ އުނދަގޫތައް ލުއިކުރުމަށް ބޭނުންކުރަންޖެހޭ އާލާތައް ދެނެގަނެ އެފަރާތްތަކަށް އެތަކެތި ބޭނުންކުރަން ބުނެދިނުން.
  4. ވާހަކަ ދެއްކުން/ކެއުން ބުއިން/ އަޑު އެހުމުގެ އުނދަގޫތައް ހުރެގެން ފަރުވާ ކުރަމުންދާ ފަރާތްތަކުގެ ހާލަތަށް އަންނަ ބަދަލަށް ބަލައި ދެމުންދާ ފަރުވާ/ ބޭނުންކުރަމުންދާ އާލަތްތަކަށް ބަދަލުގެނައުން.
  5. ބަލިމީހާގެ ހާލަތާއި ގުޅިގެން، އެހެނިހެން ކަމާއިބެހޭ ސްޕެޝަލިސްޓް (ސައިކޭޓްރިސްޓުން، އޮކިޕޭޝަނަލް ތެރަޕިސްޓުން، ސައިކޮލޮޖިސްޓުންފަދަ) ފަރާތްތަކުގެ ލަފާހޯދުމަށް ބަލިމީހާ އިރުޝާދުދިނުން.
  6. ބަލަމުންދާ ބަލިމީހުންނަށް ދިމާވާ ދަތިތައް ހައްލުކުރަން އުދަގޫވެއްޖެނަމަ ޑިޕާޓްމަންޓްގެ އެންމެ އިސްކޮށްހުންނަ ފަރާތާއި މަޝްވަރާކޮށް ހައްލުހޯދުން
  7. މަސައްކަތާއި ގުޅޭ ރިޕޯޓްތައް، ބަލިމީހާގެ ކޭސް ފައިލްތައް ފައިލްކޮށް ރަނގަޅަށް ދުވަހުން ދުވަހަށް ބެލެހެއްޓުން.
  8. އަހަރު ނިމުމުން ތައްޔާރު ކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ޑިޕާޓްމަންޓްގެ އިސްވެރިޔާއާއި ހިއްސާކުރުން.
  9. ޑިޕާޓްމަންޓުގެ ވެއިޓްލިސްޓް ދިގުވެގެންދާނަމަ، އެކަމަށް ހައްލުހޯދުމުގައި ޑިޕާޓްމަންޓްގެ އިސްވެރިޔާއާއި މަޝްވަރާކޮށް ލަފާހޯދުން
  10. ޑިޕާޓްމަންޓުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތައް ޑިޕާޓްމަންޓުގެ އިސްވެރިޔާއާއި ހިއްސާކުރުން.
  11. ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ޖުނިއަރ މުވައްޒަފުން ސުޕަވައިޒްކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  12. ޑިޕާޓްމަންޓް ހިންގުމާއި ހަވާލުވެ ހުންނަވާ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެފަރާތް ނެތިއްޖެ ހާލަތެއްގައި ޑިޕާޓްމަންޓް ހިންގުން.

 

 

 

މަޤާމުގެ ޝަރުތުތައް:

  1. ސްޕީޗް ޕެތަލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ސްޕީޗް ތެރަޕީގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2.  ސްޕީޗް ޕެތަލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާެއެވެ. އަދި މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން / ލައިސެންސްގެ ކޮޕީ
  4. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ގައުމީ ނުވަތަ ބައިނަލް އަގްވާމީ ޖަމްއިއްޔާ / ޖަމާއަތެއްގައި  ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގަިދޭ ރެފަރެންސް ޗެކް ފޯމް.

 

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 

މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.

 

 

މިޑްލް މެނޭޖްމަންޓް ސަރވިސް (އެމް.އެސް.3)

 

ދާއިރާ

 

ބެލޭނެ ބައިތައް

 

މާކްސް

 

އިންސައްތަ

ކެޓެގަރީގެ ޖުމްލަ އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

85

30

35

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

28

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު /އަދި ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

255

100

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޑިސެމްބަރ  2019 ވާ އާދީއްތަ ދުވަހުގެ  13.30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ[email protected] އަދި ފެކްސް ނަންބަރީ 3316640އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  30 ޑިސެމްބަރ 2019 އާއި 5 ޖެނުއަރީ 2020 އާ ދެމެދު، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.  

 

ޝޯޓް ލިސްޓްކުރުން:

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓްލިބުނު ގޮތުގެ ޝީޓް (އޭ2 ފޯމް) އާންމުކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (އޭ2 ފޯމް)" އާއްމުކޮށް ފެންނާނޭހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ އޭ2 ފޯމް އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަން ވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯން އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3316640 އެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

 

 

 

21 ރަބީއުލްއާޚިރާ 1441

18 ޑިސެމްބަރ 2019

 

18 ޑިސެންބަރު 2019
ހޯދާ