ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ބަނދަރު ސަރަޙައްދުގައިހުރި ޢިމާރާތްތައް ކުއްޔަށް ދޫކުރުން

ކުޑަހުވަދޫ ބަނދަރު ސަރަޙައްދުގައިހުރި ޢިމާރާތްތައް ކުއްޔަށް ދޫކުރުން

ކުޑަހުވަދޫ ބަނދަރުސަރަހައްދުގައި ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިންތަކުގެ މުއްދަތު ހަމަވެފައިވާތީ، އެބިންތަކުގައިހުރި ޢިމާރާތްތައް 10 އަހަރުދުވަހަށް ވިޔަފާރި އުޞޫލުން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމައި އެކަމަށް އާއްމުކޮށް ފުރުސަތު ހުޅުވާލަމެވެ.

 

އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

1-     ޢިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޑިސެމްބަރ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ބިޑްފޮތް ބައްލަވައި ގެންނެވުން އެދެމެވެ. 2019 ޑިސެމްބަރ 17 ވަނަ ދުވަހުގެ 08:00 ން ފެށިގެން ބިޑްފޮތް ލިބިވަޑައިގަންނަވާނެއެވެ.

2-     ބިޑްފޮތް ބައްލަވައި ނުގަންނަވާ ފަރާތެއްގެ ނަމުގައި ބިޑް ހުށައެއް ނޭޅޭނެއެވެ.

3-     ބިޑްފޮތެއްގެ އަގަކީ -/300ރ އެވެ.

4-     ޕްރީބިޑް މީޓިން އޮންނާނީ 2020 ޖަނަވަރީ 06 ވަނަ ދުވަހުގެ 10:00ގައި ކުޑަހުވަދޫ މަލްޓިޕާޕާސް ޢިމާރާތުގައެވެ. (ޕްރީބިޑް މީޓިންގ އަކީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ އިތުރު މަޢުލޫމާތު ޙިއްސާކުރެވޭނެ މީޓިންގ އަކަށްވާތީ، އެންމެހާ ބޭފުޅުން ވަޑައިގެން ދެއްވުމަކީ އެދެވިގެންވާކަމެކެވެ. ޕްރީބިޑް މީޓިންގ އަށްފަހު އެއްވެސް ފަރާތަކަށް ވަކިން މަޢުލޫމާތުދިނުމަށް ހަމަޖެހިފައެއްނުވެއެވެ.)

5-     ބިޑް ހުށަހެޅުން އޮންނާނީ 2020 ޖަނަވަރީ 16 ވަނަ ދުވަހުގެ 12:00ގައި ކުޑަހުވަދޫ މަލްޓިޕާޕާސް ޢިމާރާތުގައެވެ. ބިޑް ހުށައަޅާނީ ގަޑިއަށް ވަޑައިގަންނަވާ އެންމެހާ ފަރާތްތަކުގެ ހާޒިރުގައެވެ.

6-     ބިޑް ހުށައެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތުގެ/ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.

16 ޑިސެންބަރު 2019
ހޯދާ