މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

                                                     އިއުލާން ނަމްބަރު: 206/IUL)475/475/2019)

ވަޒީފާގެ ފުރުސަތު

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ " ކޮންސަލްޓެންސީ ޓު ގިވް ޓެކްނިކަލް ސަޕޯޓް ޓު ރީ ބުރޭނޑް މޯލްޑިވްސް ޕޮލީޓެކްނިކް" ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިންޑިވިޑުއަލް ކޮންސަލްޓެންޓެއް ހޯދަން ބޭނުންވެއްޖެއެވެ.

  މަޤާމް: " ކޮންސަލްޓެންސީ ޓު ގިވް ޓެކްނިކަލް ސަޕޯޓް ޓު ރީ ބުރޭނޑް މޯލްޑިވްސް ޕޮލީޓެކްނިކް"

ބޭނުންވާ އަދަދު:    1 (އެކެއް)

ފެންވަރު ނުވަތަ ޝަރުތު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މުސާރަ ކަނޑައެޅިފައިވާ ގޮތް، އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ.

 

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޑިސެމްބަރ 2019 ގެ މެންދުރު 12:00  ގެ ކުރިން ފެން ބިލްޑިން، ދެވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ޓަރމްސް އޮފް ރިފަރެންސްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް  3026975 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

           

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

ފެން ބިލްޑިންގް، 2 ވަނަ ފަންގިފިލާ

އީމެއިލް : [email protected]    ފޯން: 3026975

މަޤާމަށް ހޮވުން: - މި މަޤާމަށް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖުލައި 2016 " ގައި ވާ ގޮތުގެ މަތިންނެވެ.

16 ޑިސެންބަރު 2019
ހޯދާ