މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޗީފް ރިސޯސް މޮބިލައިޒޭޝަން އެގްޒެކެޓިވް

އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

(IUL)13-HR/13/2019/352ނަންބަރު:

މަޤާމް:

ޗީފް ރިސޯސް މޮބިލައިޒޭޝަން އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:


J-317785

 

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ސެކްޝަން

ރިސޯސް މޮބިލައިޒޭޝަން ޑިވިޜަން 

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް، / ކ. މާލެ

މުސާރަ:

މަހަކު -/11،065 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/-  ރުފިޔާ

އެހެނިހެން އެލަވަންސް:

- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

- މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިންތަކަކީ އިކޮނޮމިކްސް، ފައިނޭންސް، ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ  އެކައުންޓިންގ އެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ރިސޯސް މޮބިލައިޒޭޝަން ޑިވިޜަންގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުމާއި ސެކްޝަންތަކުގެ ވެރިން މެދުވެރިކޮށް މުވައްޒަފުން ސުޕަވައިޒްކޮށް ބެލެހެއްޓުން 
  2. މާލީ އިދާރާތަކުންނާއި، ބައިލެޓްރަލް އިދާރާތަކުން ރާއްޖެ އަންނަ މިޝަންތަކާއި ރާއްޖޭން ބޭރަށްދާ ވަފްދުތަކުގައި މިނިސްޓްރީން ކުރަންޖެހޭ  އެންމެހާ މަސައްކަތްތައް ބެލެހެއްޓުން
  3. މިނިސްޓްރީގެ ފަރާތުން ރާއްޖެން ބޭރަށް ފުރާ ވަފްދުތަކުގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން
  4. ހިލޭ އެހީ އިފެކްޓިވް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން
  5. އެހީދޭ ޖަމާޢަތްތަކުގެ އެހީގައި ހިންގޭ ޕްރޮޖެކްޓްތަކުގެ އިމްޕްލިމެންޓޭޝަން މަސައްކަތް އެގްޒެކިޔުޓިންގ އޭޖަންސީގެ ހައިސިއްޔަތުން މޮނިޓަރ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  6. އެހީދޭ ޖަމާޢަތްތަކުން ހިންގާ ޕްރޮޖެކްޓުތަކުގެ ޕްރޮޖެކްޓް މޮނިޓަރިންގ ޔުނިޓުތަކާގުޅިގެން ކުރަންޖެހޭ މަސައައްކަތްތައް ބެލެހެއްޓުން
  7. އެހީދޭ ޖަމާޢަތްތަކުން ހިންގާ ޕްރޮޖެކްޓްތައް ކްލޯޒް ކުރުމުގައި ވީހާވެސް މައްސަލަތައް ދިމާނުވާފަދަ ގޮތަކަށް ކަންކަން ކުރިއަށް ގެންދެވޭކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން
  8. ޑޯނަރ ކޮންފަރެންސް އަދި ޕަރޓްނަރޝިޕް ފޯރަމް ބޭއްވުމަށް މިނިސްޓްރީން ކުރަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުން
  9. އެހީދޭ ޖަމާއަތްތަކުން ހިންގާ ޕްރޮޖެކްޓުތަކާ ގުޅޭ އެންމެހާ  ލިޔެކިޔުންތައް ރިވިއު ކުރުމުގެ މަސައްކަތް ބެލެހެއްޓުން
  10. އެހީ ލިބުމާ ގުޅިގެން ހިންގަންޖެހޭ ދިރާސާތައް ރިވިއު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުވުން 
  11. ޑިޕާޓްމަންޓުގެ ބަޖެޓު އެކުލަވާލުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. މިގޮތުން ސެކްޝަންގެ ބަޖެޓު އެކުލަވާލުން
  12. އެހީދޭ ޖަމާޢާތްތަކުން ހިންގާ ހުރިހާ ޕްރޮޖެކްޓްތަކާ ގުޅިގެން ހަދަންޖެހޭ މަންތްލީ/ކުއަރޓަރލީ ރިޕޯޓުތައް ހެދުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން 
  13. ބޭރު ގައުމުތަކުން ދޭ އެހީއާ ގުޅިގެން މިންސްޓްރީ އޮފް ފޮރިން އެފެއާޒް އާއި އެމިނިސްޓްރީގެ މަޝްވަރާ އަދި ލަފާދީ ހޯދުން
  14. އެހީދޭ ޖަމާޢަތްތަކުންދޭ ހިލޭ އެހީގެ  ނެގޯސިއޭޝަންސް، އިފެކްޓިވްނަސް، އަދި މޮނިޓަރ ކުރުމަށްޓަކައި ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން
  15. އެހީދޭ ޖަމާއަތްތަކުން ހިންގޭ ޕްރޮޖެކްޓުތަކުގެ ޓެކްނިކަލް އަދި ސްޓިއަރިންގ ކޮމިޓީތަކުގައި ބައިވެރިވުން
  16. ޕްރޮޖެކްޓް މޮނިޓަރިންގ ޕޯޓަލް މެދުވެރިކޮށް ޕޮރޮޖެކްޓް މޮނިޓަރިންގ ޔުނިޓުތަކުންނާއި  އިމްޕްލިމެންޓިންގ އޭޖަންސީތަކުން ލިބޭ ޕްރޮޖެކްޓުތަކުގެ މައުލޫމާތުތައް ރިވިއު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން 
  17. ޕްރޮޖެކްޓް މޮނިޓަރިންގ ޔުނިޓުތަކުންނާއި އިމްޕްލިމެންޓިންގ އޭޖަންސީތަކުން ފާހަގަ ކުރެވޭ ކަންތައްތަކަށް ރިއާޔަތްކޮށް ކޮންޓްރެކްޓަށް އަންނަ ބަދަލުތައް ފަންޑު ކުރާ ފަރާތްތަކުގެ ހުއްދައަށް ފޮނުވުމާއި ބެކް އޮފީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން
  18. ޑިޕާޓްމަންޓުގެ މަސައްކަތްތަކާގުޅޭ ގޮތުން ސެކްޝަނުން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުވުން
  19. ޑިޕާޓްމަންޓުގެ މަސައްކަތްތަކާގުޅޭ ގޮތުން ސެކްޝަނުން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން
  20. ހިލޭ އެހީއާ ގުޅޭ އަސްލީ ލިޔުންތައް ރައްކާތެރި ތަނެއްގައި ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން
  21. އޮޕަރޭޝަނަލް ރިސްކް މެނޭޖްމަންޓާއި ގުޅޭ މަސައްކަތްތައް ބެލެހެއްޓުން
  22. އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ބައިވެރިވާންޖެހޭ އެންމެހާ ބައްދަލުވުންތަކުގައި ބައިވެރިވުން
  23. އޮފީހުގެ މަސައްކަތްތަކާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުތުތައް:

  1. އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިކޮނޮމިކްސް، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ނުވަތަ

  1. އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިކޮނޮމިކްސް، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ  ކަންތައްތައް:

- މަޤާމާގުޅޭ ދާއިރާގެ ތައުލީމަށް %20

- މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5

- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް %25

- އިމްތިހާނު/ޕްރެކްޓިކަލްސް %20

- އިންޓަވިއު އަދި ޕްރެޒެންޓޭޝަން %30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  24 ޑިސެންބަރު 2019 (އަންގާރަ) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،  25 ޑިސެންބަރު 2019 އާއި 09 ޖަނަވަރީ 2020  އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް )A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި މިނިސްޓްރީގެ ކޯލް ސެންޓަރ 1617 އަށެވެ.  އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

16 ޑިސެންބަރު 2019
ހޯދާ