އިޢުލާނު
|
ވަޒީފާގެ ފުރުޞަތު
|
(IUL)13-HR/13/2019/351ނަންބަރު:
|
މަޤާމް:
|
ރިސޯސް މޮބިލައިޒޭޝަން އެގްޒެކެޓިވް
|
މަޤާމުގެ ނަންބަރު:
|
J-317779
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އީ.އެކްސް 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޑިރެކްޓަރ
|
ސެކްޝަން
|
ފައިނޭންޝިއަލް އިންސްޓިޓިއުޝަން ސެކްޝަން
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ފިނޭންސް، / ކ. މާލެ
|
މުސާރަ:
|
މަހަކު -/8،835 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 2,000/- ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.
- މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިންތަކަކީ އިކޮނޮމިކްސް، ފައިނޭންސް، ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ އެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ފައިނޭންޝަލް އިންސްޓިޓިއުޝަން ސެކްޝަންގެ މަސައްކަތްތައް ބެލެހެއްޓުމާއި ސެކްޝަންގެ އެންމެހާ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- މާލީ އިދާރާތަކުންނާއި، ބައިލެޓްރަލް ޤައުމުތަކުން ރާއްޖެއަށް އަންނަ މިޝަންތަކާއި ރާއްޖޭން ބޭރަށްދާ ވަފްދުތަކުގައި މިނިސްޓްރީން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
- މާލީ އިދާރާތަކުގެ ގަވަރނަރ އަދި އަލްޓަރނޭޓް ގަވަރނަރުން ބައިވެރިވާ އަހަރީ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މިނިސްޓްރީން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި މި މަސައްކަތް ބެލެހެއްޓުން
- މި ޑިޕާޓްމަންޓްގެ މަސައްކަތާގުޅޭ ގޮތުން މިނިސްޓްރީގެ ފަރާތުން ރާއްޖޭން ބޭރަށް ފުރާ ވަފްދުތަކުގެ އެންމެހާ މަސައްކަތްތައް ކުރުން
- ހިލޭ އެހީ/ދަރަނި އިފެކްޓިވް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
- އެހީދޭ ޖަމާޢަތްތަކުގެ އެހީގައި ހިންގޭ ޕްރޮޖެކްޓްތަކުގެ އިމްޕްލިމެންޓޭޝަން މަސައްކަތް އެގްޒެކިޔުޓިންގ އޭޖަންސީގެ ހައިސިއްޔަތުން މޮނިޓަރ ކުރުން
- އެހީދެ ޖަމާޢަތްތަކުން ހިންގާ ޕްރޮޖެކްޓުތަކުގެ ޕްރޮޖެކްޓް މޮނިޓަރިންގ ޔުނިޓުތަކާގުޅިގެން މަސައައްކަތްތައް ކުރިއަށް ގެންދިޔުން
- އެހީދޭ ޖަމާޢަތްތަކުން ހިންގާ ޕްރޮޖެކްޓްތައް ކްލޯޒް ކުރުމުގައި ވީހާވެސް މައްސަލަތައް ދިމާނުވާފަދަ ގޮތަކަށް ކަންކަން ކުރިއަށް ގެންދެވޭކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޑިޕާޓްމަންޓުގެ ކަމާގުޅޭ ސެކްޝަންތަކާ ގުޅިގެން ކުރުން
- ބައިންލް އަގްވާމީ މާލީ އިދާރާތުކުގައި ބައިވެރިވުމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ޑޯނަރ ކޮންފަރެންސް އަދި ޕަރޓްނަރޝިޕް ފޯރަމް ބޭއްވުމަށް މިނިސްޓްރީން ކުރަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމަށް ޑިޕާޓްމަންޓު އަދި މި މިނިސްޓްރީގެ ކަމާގުޅޭ ސެކްޝަންތަކާ ގުޅިގެން ކުރުން
- އެހީދޭ ޖަމާއަތްތަކުން ހިންގާ ޕްރޮޖެކްޓުތަކާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ރިވިއު ކުރުން
- އެހީ ލިބުމާ ގުޅިގެން ހިންގަންޖެހޭ ދިރާސާތައް (ރިވިޔު) ކުރުން
- އެހީދޭ ޖަމާޢަތްތަކުން މިނިސްޓްރީއަށް ފޮނުވާ ވަރކްޝޮޕް، ފޯރަމް، ސެމިނަރ ތަކުގެ އިންވިޓޭޝަންތައް ބަލައި ގަތުމާއި މުވައްޒަފުންގެ ނަން ނޮމިނޭޓް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ކުރުން
- ޑިޕާޓްމަންޓުގެ ބަޖެޓު އެކުލަވާލުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. މިގޮތުން ސެކްޝަންގެ ބަޖެޓު އެކުލަވާލުން
- ޑިޕާޓްމަންޓުގެ މަސައްކަތްތަކާގުޅޭ ގޮތުން ސެކްޝަނުން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން
- އެހީދޭ ޖަމާޢާތްތަކުން ހިންގާ ހުރިހާ ޕްރޮޖެކްޓްތަކާ ގުޅިގެން ހަދަންޖެހޭ މަންތްލީ/ކުއަރޓަރލީ ރިޕޯޓުތައް ހެދުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ގުޅިގެން ކުރަންޖެހޭ ކަންކަން ޑިޕާޓްމަންޓުގެ ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން ކުރުން
- އެހީދޭ ޤައުމު/ޖަމާއަތްތަކުން ހިންގޭ ޕްރޮޖެކްޓުތަކުގެ ޓެކްނިކަލް އަދި ސްޓިއަރިންގ ކޮމިޓީތަކުގައި ބައިވެރިވުން
- ބައިނަލް އަގްވާމީ މާލީ އިދާރާތަކުގެ އަހަރީ އަދި ކަމާގުޅޭ އެހެނިހެން ޖަލްސާގައި ބައިވެރިވުން
- ޕްރޮޖެކްޓް މޮނިޓަރިންގ ޕޯޓަލް މެދުވެރިކޮށް ޕޮރޮޖެކްޓް މޮނިޓަރިންގ ޔުނިޓުތަކުންނާއި އިމްޕްލިމެންޓިންގ އޭޖަންސީތަކުން ލިބޭ ޕްރޮޖެކްޓުތަކުގެ މައުލޫމާތުތައް ރިވިއު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޑިޕާޓްމަންޓުގެ ކަމާގުޅޭ ސެކްޝަންތަކާ ގުޅިގެން ކުރުން
- ޕްރޮޖެކްޓް މޮނިޓަރިންގ ޔުނިޓުތަކުންނާއި އިމްޕްލިމެންޓިންގ އޭޖަންސީތަކުން ފާހަގަ ކުރެވޭ ކަންތައްތަކަށް ރިއާޔަތްކޮށް ކޮންޓްރެކްޓަށް އަންނަ ބަދަލުތައް ފަންޑުކުރާ ފަރާތްތަކުގެ ހުއްދައަށް ފޮނުވުމާއި، ޑެޓް މެނޭޖްމަންޓް ޑިވިޜަނަށް އެ މަޢުލޫމާތު ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް އެއިޑް ކޯޑިނޭޝަން ސެކްޝަނާ ގުޅިގެން ކުރުން
- އޮފީހުގެ މަސައްކަތްތަކާ ގުޅިގެން ބައިވެރިވާންޖެހޭ އެންމެހާ ބައްދަލުވުންތަކުގައި ބައިވެރިވުން
- އޮފީހުގެ މަސައްކަތްތަކާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
|
މަޤާމުގެ ޝަރުތުތައް:
|
- އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިކޮނޮމިކްސް، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ
- އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިކޮނޮމިކްސް، ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:
|
- މަޤާމާގުޅޭ ދާއިރާގެ ތައުލީމަށް %20
- މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5
- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް %25
- އިމްތިހާނު/ޕްރެކްޓިކަލްސް %20
- އިންޓަވިއު އަދި ޕްރެޒެންޓޭޝަން %30
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޑިސެންބަރު 2019 (އަންގާރަ) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 25 ޑިސެންބަރު 2019 އާއި 09 ޖަނަވަރީ 2020 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް )A2 ފޯމު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި މިނިސްޓްރީގެ ކޯލް ސެންޓަރ 1617 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.
|