ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މިއެޖެންސީން ޤަބޫލުކުރާ ދިވެހިރާއްޖެއިން ބޭރު ޤައުމުތަކުގެ ފަރުވާދޭ މަރުކަޒުތަކާ ގުޅޭ

                                                              ނަންބަރު: IUL)434-PDER/434/2019/185)              

 

މިއެޖެންސީން ޤަބޫލުކުރާ ދިވެހިރާއްޖެއިން ބޭރު ޤައުމުތަކުގެ ފަރުވާދޭ މަރުކަޒުތަކާ ގުޅޭ


ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 100 ވަނަ މާއްދާގެ (ހ) ގައި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ރީހެބިލިޓޭޝަން އަމުރެއް ކޮށްފައިވާ މީހަކު، ރާއްޖެއިން ބޭރު ޤައުމެއްގެ ފަރުވާދޭ މަރުކަޒެއްގައި ހިންގަމުންގެންދާ ޕުރޮގުރާމެއްގައި ބައިވެރިވެ، ފަރުވާ ލިބިގަތުމަށް ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހެޅިދާނެކަމަށް ބަޔާންކޮށްފައިވާތީއާއި، ރާއްޖެއިން ބޭރު ޤައުމުތަކުގައި ހިންގާ ފަރުވާދޭ މަރުކަޒުތަކުގެ ތެރެއިން، ނޭޝަނަލް ޑްރަގް އެޖެންސީން ޤަބޫލުކުރާ ފަރުވާދޭ މަރުކަޒުތަކުގެ ލިސްޓެއް މި އެޖެންސީން ޢާންމުކޮށް ޝާއިޢުކުރަންވާނެކަމުގައި އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާތީ ދަންނަވަމެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ރާއްޖެއިން ބޭރު ޤައުމުތަކުގައި ހިންގާ ފަރުވާދޭ މަރުކަޒުތަކުގެ ތެރެއިން، މި އެޖެންސީން މިހާރު ޤަބޫލުކުރާ ފަރުވާދޭ މަރުކަޒުތައް ތިރީގައި އެވަނީއެވެ.

  

  1. ކްރިޕާ ރިވައިވަލް ސެންޓަރ، ބެންގަލޫރު، އިންޑިޔާ
  2. ބްލޮސޮމްސް ކޮންވެލެސެންޓް ކެއަރ، ބެންގަލޫރު، އިންޑިޔާ
  3. ޓީޓީ ރަންގަނާދަން ކްލިނިކަލް ރިސަރޗް ފައުންޑޭޝަން (ޓީޓީކޭ ހޮސްޕިޓަލް)، ޗެންނާއީ، އިންޑިޔާ
  4. ސުޗެތަނާ ލައިފް (ޑީ އެޑިކްޝަން އެންޑް ވެލްނެސް ސެންޓަރ)، މައިސޫރު، އިންޑިއާ
  5. ހަޔަރ ޕަވަރ ފައުންޑޭޝަން، ބެންގަލޫރު، އިންޑިޔާ

 

ވީމާ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ރީހެބިލިޓޭޝަން އަމުރެއް ކޮށްފައިވާ މީހަކު، މަތީގައިވާ 5 ސެންޓަރުންކުރެ ސެންޓަރެއްގައި ހިންގާ ޕުރޮގުރާމެއްގައި ބައިވެރިވެ، ފަރުވާ ލިބިގަތުމަށް ބޭނުންވާނަމަ، މި އެޖެންސީއަށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، މި އެޖެންސީގެ ނަންބަރު 3312018 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

 

16 ޑިސެންބަރު 2019
ހޯދާ