ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - ޕްރޮކިއުމަންޓް

 

 ވަޒީފާގެ ފުރުޞަތު

 މިކުންފުނީގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

ސީނިއަރ އޮފިސަރ - ޕްރޮކިއުމަންޓް

ބޭނުންވާ ޢަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

ކްލެސިފިކޭޝަން / ރޭންކް:

ސީނިއަރ އޮފިސަރ - ގްރޭޑް 1

މުސާރަ:

މަހަކު -/7000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

-          ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

-          އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

-          އެހެނިހެން އެލަވަންސް: -/2800ރ

އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ)

ފެންވަރު ނުވަތަ ޝަރުތު:

-          މެނޭޖްމަންޓް ނުވަތަ ފައިނޭންސް އާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

-          'މަތީ ސާނަވީ' އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 2  (އަހަރު)  އަހަރުގެ ތަޖުރިބާ ލިބިފައިވުން.

-          'ސާނަވީ' އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 4 (އަހަރު) އަހަރުގެ ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން ޝަރުތު:

-          މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-          އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-          ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

-          ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.

-          މި މަޤާމަށް މީހަކު އައްޔަން ކުރުމުގައި ޕްރޮކިއުމަންޓް ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-          ޕާރޗޭސް ރިކުއެސްޓްތައް ރިސީވްކުރުމާއި އެންޓަރކުރުން އަދި އަޕްޓޭޑްކުރުން.

-          ޕާރޗޭސް ރިކުއެސްޓްތަކުގައި ބޭނުންވާ މަޢުލޫމާތާއި ހުއްދަތައް ހަމަތޯ ބަލައި ހޯދުން.

-          ތަކެތި ގަތުމާއި ޚިދުމަތްހޯދުން ނުވަތަ މަސައްކަތްތައް ކުރުވުމަށް ކޯޓޭޝަން، އެސްޓިމޭޓް ނުވަތަ ޕްރޮޕޯސަލް ހޯދަންޖެހޭ ކަންކަމުގައި ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީގައި ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އެތަކެތި ހޯދުން.

-          ރިކުއެސްޓް ފޯރ ޕްރޮޕޯސަލް / އެސްޓިމޭޓް ތައްޔާރުކުރަންޖެހޭ ޙާލަތްތަކުގައި އެތަކެތި ތައްޔާރުކުރުން.

-          ތައްޔާރުކުރެވޭ ރިކުއެސްތައް ސަޕްލަޔަރުންނަށްފޮނުވުން.

-          ޕްރޮކިއުމަންޓާއިގުޅޭ ބައްދަލުވުންތައް އިންތިޒާމްކޮށް ބެލެހެއްޓުން.

-          ސަޕްލަޔަރުންނަށް މަޢުލޫމާތުދޭންޖެހޭ ޙާލަތްތަކުގައި އެމަޢުލޫމާތުތައް ފޯރުކޮށްދިނުން.

-          ލިބޭ އޮފަރތައް އިވޭލުއޭޓްކޮށް ކޮމްޕެއަރ ކުރުން.

-          ޕަރޗޭސް އޯޑަރ ތައްޔާރުކޮށް ހުއްދަތައްހޯދައި ސަޕްލަޔަރުންނަށް ފޮނުވުން.

-          ވެންޑަރ އެކްރެޑިޓްކުރުމުގައި އެހީތެރިވުން.

-          ކްރެޑިޓް އެޕްލިކޭޝަންތައް ފުރިހަމަކުރުމުގައި އެހީތެރިވުން.

-          ޙަވާލުކުރެވިފައިވާ މަސައްކަތްތައް ހިނގަމުންދާކަން ކަށަވަރުކުރުމާއެކު މަސައްކަތްތައް ކުރިއަށްދާގޮތް އެނގޭގޮތަށް ރިޕޯޓްތައް ތައްޔާރުކުރުން.

-          ޕްރޮކިއުމެންޓް ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުން.

-          ކުންފުނީގެ ޕެޓީކޭޝް ބޭނުންކުރުމުގައި ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކުރެވިފައިވޭތޯ ކަށަވަރުކުރުން.

-          ޕްރޮކިއުމެންޓާއި ގުޅޭ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.

-          ޕްރޮކިއުމެންޓާއި ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 2019 ޑިސެމްބަރ 23 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  6. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-    މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2019 ޑިސެމްބަރ / 2020 ޖެނުއަރީ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

19 ރަބީޢުލް އާހިރު 1441

16 ޑިސެމްބަރ 2019

16 ޑިސެންބަރު 2019
ހޯދާ