ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް:އޮފިސަރ   

ބޭނުންވާ އަދަދު:01 (އެކެއް)

އަސާސީ މުސާރަ:މަހަކު -/4350 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން:މެނޭޖިންގ ޑިރެކްޓަރސް ބިއުރޯ

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާ އާއި -/3000 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • މެނޭޖިންގ ޑިރެކްޓަރސް ބިއުރޯއިން ފޮނުވަންޖެހޭ ސިޓީ/ނޯޓް ފަދަ ލިޔުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  • ރިޕޯޓް ފަދަ ލިޔުން ތައްޔާރު ކުރުމުގައި މެނޭޖިންގ ޑިރެކްޓަރ ގެ ޕީއޭ އަށް އެހީތެރިވެދިނުން
  • މެނޭޖިންގ ޑިރެކްޓަރ ބައިވެރިވެ ވަޑައިގަންނަވާ ދަތުރުފުޅުތައް ހަމަޖެއްސުން
  • އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން

ފެންވަރު ނުވަތަ ޝަރުތު

  • ޖީސީއީ އޯލެވެލްގެ "ދިވެހި" އަދި "އިނގިރޭސި" މިމާއްދާތަކާއެކު 3 މާއްދާއިން ފާސްވެފައިވުން
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެގުން

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޑިސެމްބަރ 18 ވާ ބުދަ، ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، އެސްޓީއޯ ވެބްސައިޓުން (https://sto.mv/Uploads/Download/sto_job_application_form_v14.pdf)) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ތަޢުލީމީ ސެޓްފިކެޓުތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއިން އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344261 / އީމެއިލް އެޑްރެސް:[email protected]
12 ޑިސެންބަރު 2019
ހޯދާ