މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސައިކޮލޮޖީ، ކައުންސެލިންގް އަދި މެޑިކަލް ލެބޯޓަރީ ދާއިރާތަކުން ފަންނީ ޕެނަލް އެކުލަވާލުން

 މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް

  މާލެ

ދިވެހިރާއްޖެ.                               

އިޢުލާން

 

ސައިކޮލޮޖީ، ކައުންސެލިންގް އަދި މެޑިކަލް ލެބޯޓަރީ ދާއިރާތަކުން ފަންނީ ޕެނަލް އެކުލަވާލުން

         ސައިކޮލޮޖީ، ކައުންސެލިންގް އަދި މެޑިކަލް ލެބޯޓަރީ ދާއިރާތަކުން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްއަށް ލަފާ ދޭނެ ފަންނީ ޕެނަލްތަކެއް އެކުލަވާލަން ބޭނުންވެއެވެ. މިޕެނަލް ތަކަކީ މިދާއިރާގެ ފަންނުވެރިންނާއި، ފަންނުވެރިންނާއި ގުޅުންހުރި މިންގަނޑުތައް ކަނޑައެޅުމުގައި މިކައުންސިލްއަށް ލަފާދިނުމަށް އެކުލަވާލެވޭ ޕެނަލްތަކެކެވެ. ޕެނަލްތަކާއި، ޕެނަލްތަކަށް މީހުން ހޮވުމުގެ ޝަރުތުތަކާއި އިސްކަންދޭ ކަންތައްތައް ތިރީގައި ބަޔާންކުރަމެވެ. އަދި މިޕެނަލްތައް އެކުލަވާލުމަށް، މިނިސްޓްރީ އޮފް ހެލްތުގެ އެ އިއުލާން ނަންބަރު: (IUL)23-MAHC/23/2019/418)  (ނޮވެމްބަރ 19 2019) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އެޕްލިކޭޝަން ލިބިފައިނުވާތީ މިޕެނަލްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 

ޓެކްނިކަލް ޕެނަލް އޮން ސައިކޮލޮޖީ އެންޑް ކައުންސެލިންގް

ބޭނުންވާ ދާއިރާ

ސައިކޮލޮޖީ ދާއިރާ

ޝަރުޠު

  • މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުގައި ސައިކޮލޮޖީ ދާއިރާއިން  ރަޖިސްޓްރީވެފައިވުން
  • ސައިކޮލޮޖީ ދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ބޭނުންވާ އަދަދު

  03

ބޭނުންވާ ދާއިރާ

ކައުންސެލިންގް ދާއިރާ

ޝަރުޠު

  • މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުގައި ކައުންސެލިންގް ދާއިރާއިން  ރަޖިސްޓްރީވެފައިވުން
  • ކައުންސެލިންގް ދާއިރާއިން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު، އެދާއިރާއިން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ބޭނުންވާ އަދަދު

  03

 

މީހުން ހޮވުމުގައި މާރކްސް ދެވޭނެގޮތް

  • އެދާއިރާއަކުން ހޯއްދަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށް 70 މާރކްސް
  • އެދާއިރާއަކުން ހޯއްދަވާފައިވާ ތަޖުރިބާއަށް 30 މާރކްސް (ތަޖުރިބާއަށް ފުލް މާރކްސް ދޭނީ ރޭޝިއޯ އިންނެވެ).

 

 

ޓެކްނިކަލް ޕެނަލް އޮން މެޑިކަލް ލެބޯޓަރީ ސައިންސް

ބޭނުންވާ ދާއިރާ

މެޑިކަލް ލެބޯޓަރީ ސައިންސް ދާއިރާ

ޝަރުޠު

  • މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުގައި މެޑިކަލް ލެބޯޓަރީ ދާއިރާއިން  ރަޖިސްޓްރީވެފައިވުން
  • މެޑިކަލް ލެބޯޓަރީ ދާއިރާއިން ދަށްވެގެން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު، އެދާއިރާއިން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ބޭނުންވާ އަދަދު

  5

މީހުން ހޮވުމުގައި މާކްސް ދެވޭނެގޮތް

  • އެދާއިރާއަކުން ހޯއްދަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަށް 70 މާރކްސް
  • އެދާއިރާއަކުން ހޯއްދަވާފައިވާ ތަޖުރިބާއަށް 30 މާރކްސް (ތަޖުރިބާއަށް ފުލް މާރކްސް ދޭނީ ރޭޝިއޯ އިންނެވެ).

 

 

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ލިޔުންތައް

  1. ކުރިމަތިލާ ވަކި ޓެކްނިކަލް ޕެނަލްއެއް ފާހަގަކޮށް ޕެނަލްގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ.
  2. ތަޢުލީމީ ސެޓްފިކެޓުތައް
  3.  ޕެނަލްގެ މެންބަރުކަމަށް އެދޭ ފަރާތައް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިއުންތައް
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް
  5. ވަނަވަރު

ސުންގަޑި

 26 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް)                      

އިތުރުމަޢުލޫމާތު

ޕެނަލްތަކަށް ކުރިމަތި ލައްވާ ފަރާތްތަކާއެކު އިންޓަރވިއު ކުރުން އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014480 އެވެ.

 

 

ވީމާ، މިޓެކްނިކަލް ޕެނަލްތަކުގެ މެމްބަރުކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ޑިސެންބަރު 2019 ވަނަ ދުވަހު 12:00ގެ ކުރިން މިނިސްޓްރީ އޮފް ހެލްތް (ރޯޝަނީ ބިލްޑިންގް  ކައުންޓަރަށް) ސިޓީ ހުށަހަޅުއްވުން އެދެމެވެ.

12 ޑިސެންބަރު 2019
ހޯދާ