ކައުންސިލްގެ ނަން
|
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލް
|
މަޤާމު
|
ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒުތަކުގެ ތެރެއިން އެލައިޑް ހެލްތު ޕްރޮފެޝަނަލުން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާތާ މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް
|
ބޭނުންވާ ޢަދަދު
|
01 (އެކެއް)
|
އެލަވަންސް
|
ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.
|
ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތު
|
- ކަނޑައެޅިގެން އެނގެންއޮތް އުޒުރެއް މެދުވެރިވެގެން މެނުވީ، ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރުވުން.
- ކައުންސިލްގެ ރައީސް ޙަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުން.
- ކައުންސިލުން ބަލާ ޝަކުވާތަކާ ގުޅިގެން ޒިޔާރާތް ކުރަންޖެހޭ ތަންތަނަށް ޒިޔާރާތްކުރުމާއި ސުވާލުކުރަންޖެހޭ ފާރާތްތަކާ ސުވާލުކުރުމާއި، ދިރާސާ ކުރަންޖެހޭ ލިޔުންތައް ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން.
- މުޖުތަމަޢުގެ ތެރޭގައި އުޅުމުގައި، ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަންޖެހޭ އަޚްލާޤީ އަދި ސުލޫކީ މިންގަޑުތަކާއި އަބުރުވެރިކަން ހިފެހެއްޓުން.
- މީގެ އިތުރުންވެސް މިޤާނޫނުގައި ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި ކައުންސިލްގެ މެންބަރުންގެ ޒިންމާއާއި މަސްއޫލއްޔަތު ކަމުގައި ކަނޑައަޅާގައިވާ ކަންކަން ކުރުން.
|
ތައުލީމީ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާގޮތް
|
- ހެލްތު ޕްރޮފެޝަނަލް ދާއިރާއަކުން ހޯދާފައިވާ ސެޓްފިކެޓް
- ޑިޕްލޮމާ 20 މާކްސް
- ފުރަތަމަ ޑިގްރީ 30 މާކްސް
- ޕޯސްޓް ގުރެޖްއޭޓް ޑިޕްލޮމާ 40 މާކްސް
- މާސްޓާރސް ޑިގްރީ 50 މާކްސް
- ޕީ.އެޗް.ޑީ 75 މާކްސް
|
މަސައްކަތުގެ ތަޖުރިބާ
|
- އެލައިޑް ހެލްތް ޕްރޮފެޝަންގެ މީހުން ތަމްރީނުކުރާ މަރުކަޒެއްގައި، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރުމުގެ ތަޖުރިބާ
- ޚިދުމަތް ކޮށްފައިވާ މުއްދަތު 5 އަހަރު ނަމަ – 30 މާކްސް
- ޚިދުމަތް ކޮށްފައިވާ މުއްދަތު 7 އަހަރު ނަމަ – 40 މާކްސް
- ޚިދުމަތް ކޮށްފައިވާ މުއްދަތު 10 އަހަރު ނަމަ – 45 މާކްސް
- ޚިދުމަތް ކޮށްފައިވާ މުއްދަތު 12 އަހަރު ނަމަ – 50 މާކްސް
|
މާކުސް ދިނުމާއި އިންޓަވިއުކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު
|
- އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ މާކުސް އެއްވަރު ވެއްޖެނަމަ މެންބަރުކަމަށް ހޮވޭނީ އިންޓަވިއު ކޮށްގެން އެންމެ މަތީ މާރކްސް ލިބޭ ފަރާތެކެވެ.
- ހުށަހަޅާ ތައުލީމީ ސެޓްފިކެޓްތަކުގެ ތެރެއިން މާކުސް ދެވޭނީ އެންމެ މަތިން ހޯދާފައިވާ ތައުލީމީ ސެޓްފިކެޓަށް އެކަންޏެވެ.
- މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތަކަށް އިންޓަވިއު ކުރުމަކާ ނުލައި އެ މަގާމަށް ހޮވުނު ކަމަށް ސިލެކްޝަން ކޮމިޓީއަށް ކަނޑައެޅިދާނެއެވެ.
- މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު މަދުވުމުގެ ސަބަބުން ނުވަތަ އެހެން މަގުބޫލު ސަބަބަކާގުޅިގެން، އަލުން ޢިއުލާނު ކުރާގޮތަށް ކަނޑައެޅުމުގެ އިހްތިޔާރު ސިލެކްޝަން ކޮމިޓީއަށް ލިބިގެންވެއެވެ.
|
މަޤާމައް ކުރިމަތިލާ ފަރާތްތަކުގެ ޝަރަތުތައް
|
- ދިވެހި ރައްޔިތެއްކަމުގައި ވުން.
- ކައުންސިލްގެ މެމްބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤް ހުރި މީހަކު ކަމުގައިވުން.
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
- ޖިނާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
- ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
- ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެމީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
- ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެމްބަރެއް ނުވަތަ އެހެންވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
- ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ހިއްސާ އެމީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައިއޮތް މީހަކު ކަމުގައި ނުވުން.
- ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއް ކަމުގައި ނުވުން.
- ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން. (ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަޤާމެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.)
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- މެމްބަރުކަމަށް އެދި ހުށަހަޅާ ސިޓީ
- ތައުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް)
- މެމްބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިޔުންތައް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ
- ވަނަވަރު
|
ސުންގަޑި
|
19 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގ ކައުންޓަރަށް)
ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވާދެއްވުން
|
އިތުރުމަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014335 އަދި 3014331 އެވެ.
|