ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތު އޮފިސަރ

އިޢުލާން

 މަޤާމް:

 

 ކޮމިއުނިޓީ ހެލްތު އޮފިސަރ

 މަޤާމުގެ ނަންބަރ

J-313518

 ބޭނުންވާ ޢަދަދު:

01  

 މަޤާމްގެ ގިންތި

 ދާއިމީ

 މަޤާމުގެ ރޭންކް

 އެމް.އެސް.1

 މަޤާމްގެ ކްލެސިފިކޭޝަން

 ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 މަޤާމް އޮތް އޮފީސް

 ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް/ހދ.ކުޅުދުއްފުށި

 ވަޒީފާ އަދާކުރަންޖެހޭ ތަން

 ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް/ހދ.ކުޅުދުއްފުށި

 މުސާރަ:

 މަހަކު -/5610 ރުފިޔާ

 ސަރވިސް އެލަވަންސް:

 މަހަކު -/2500 ރުފިޔާ

 ސަޕޯޓިންގ ކޯ  އެލަވަސްންސް

 ސަޕޯޓިންގ ކޯ އެލެވަންސް  -/700 ރުފިޔާ

 އެހެނިހެން އެލަވަންސް:

- ރިސްކް އެލަވަންސް ގެ ގޮތުގައި މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

-ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

 

 މަޤާމުގެ މައިގަނޑު    މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

 

 

 

 

 

 

 

 

 

 

 

.1 ޕަބްލިކް ހެލްތް ޔުނިޓުން ކުރަންޖެހޭ ޕްރައިމަރީ ހެލްތު ކެއާރގެ (ޓެކްނިކަލް އަދި އިދާރީ) މަސައްކަތްތައް ޔުނިޓް ހިންގަވަން ހުންނަވާ ވެރިއެއްގެ އިރުޝާދުގެ މަތިން ބަހާލައިގެން މަސައްކަތްތައް ކުރިޔަށް ގެންދިއުން.


 2. ވިހާ މަރުވާގެ ރަޖިސްޓްރީގެ މަސައްކަތާ،އީ،ޕީ،އައި މަސައްކަތްތައް އިދާރީ ގޮތުން ބަލަހައްޓަމުން ގެންދިއުމާއި، ވެކްސިން ސްޓޮކް ހޯދާ ބެލެހެއްޓުން.


 3. އުފަންވެނިވި ޞިއްޙަތާއި ގުޅޭމަސައްކަތްތަކާއި،ގްރޯތް މޮނިޓަރ ކޮށް ބެލެހެއްޓުމުގެ މަސައްކަތާއި، ބަރުދަން ލުއިވާ ކުދިންގެ މައިންނާއި މަސްވަރާކޮށް އެކަށިގެންވާ މަޢުލޫމާތުދީ،ރަގަޅު ކާނާއާއިބެހޭ އިރުސާދު ލިބިދެވޭނެ އިންތިޒާމް ކުރުން.


 4. ޓީ.ބީ، ލެޕްރެސީ، ރެޖިސްޓަރީ ބަލަހައްޓާ،ސްޓޮކްކަށް ބޭނުންވާ ބޭހާއި ކޮންސިއުމަބުލްސް ހޯދުން.


 5. ވެކްޓަރ ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމާއި، ސާރވެލަންސް އުސޫލުން ބަލަހައްޓަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއިއެކު ޤަވާއިދުން ރިޕޯރޓްކުރުން.

 

 .6 ރަށުގެ ސާފުތާހިރު ކަމާއި ކުނިން ރައްކާތެރި ވެވޭނެ ގޮތްތައް އާންމުންނަށް ވިސްނައިދީ ޕަބްލިކް އަދި ވޮލެންޓްރީ އޮގަނައިޒޭޝަންތަކުގެ އެހީތެރިކަމާއެކު، ހަރުދަނާ ޕްރޮގުރާމްތަކެއް ހިންގުމަށް މަސައްކަތް ކުރުން.

 
 7. އާންމުންގެ މެދުގައި ޞިއްޙީ ރަގަޅު އާދަކާދަ އަށަގެންނެމުމަށް މަސައްކަތް ކުރުން.
 8. ކުއްލިއަކަށް ފެށި ބޮޑުކަމަމަކަށްވާ ރޯގާތަކާއި، ގުދުރަތީ ގޮތުން ދިމާވާ ބޮޑެތި ކަންކަމުގައި ސީ.ސީ.އެޗް.ޑީ.ސީގެ މަސްވަރާގެ މަތިން ބޭނުންވާ ފިޔަވަޅުތައް އަޅަމުން ގެންދިއުން.


 9. މިނިސްޓްރީގެ ދާއިރާ އައި ގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ މަސައްކަތް އެތަންތަނުން ކަޑައަލާފއިވާ ސްޓެންޑާރޑް ގައިޑްލައިންސް އާއި އެއްގޮތް ވާގޮތުގެ މަތިން ކޮށްދެއްވަމުން ގެންދިއުން


 10. ޔުނިޓް ހިންގެވުމާ ހަވާލުވެ ހުންނެނެވި ކޮމިއުނިޓީ ހެލްތު ވޯކަރ ޑިއުޓީގައި ނެތް ހާލަތްތަކުގައި އޭނާގެ މަސައްކަތްތައް ހަވާލުވެ އެމަސައްކަތްތައް ކުރަމުން ގެންދިއުން.

 މަޤާމުގެ ޝަރުތު

 މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 ތަޢުލީމީ ރޮނގުތައް

 ކޮމިއުނިޓީ ހެލްތު، ޕްރައިމެރީ ހެލްތު ކެއަރ، ޕަބްލިކް ހެލްތު

 ގުޅޭ ވަޒީފާގެ ދާއިރާ:

 ހެލްތު ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

.1 ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ހޮސްޕިޓަލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ).

 

  2- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭގެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އިނގޭ ފަދަ ކޮޕީއެއް. 

 4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް  މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5 -ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

     (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ،   ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި  ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ  ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް  އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ )

       (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6 -ވަޒީފާގެ މަސައްކަތުގެ ދާއިރާ އާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު  ސެޓްފިކެޓްތަކުގެ ކޮޕީ.

 7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ.

8-  މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ދޫކުރާ މުއަދަތު ހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސެންސްގެ ކޮޕީ.

9- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދަޢުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި  ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން އަދި ވަޒީފާ އަދާކުރިގޮތް އަންގައިދޭ  ރެފެރެންސް ޗެކް ފޯމު.

 

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުންް އަދި ވަޒީފާ އަދާކުރިގޮތް އަންގައިދޭ  ރެފެރެންސް ޗެކް ފޯމު.

 ވަޒީފާއަށް އެންމެ ޤާބިލު  ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް.

-         ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

-         މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

-         ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޑިސެންބަރު 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މި ހޮސްޕިޓަލް ކައުންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

 މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނީ، 2019 ވަނަ އަހަރުގެ ޑިސެންބަރު 25 އާއީ 2020 ވަނަ އަހަރުގެ 25 ޖެނުއަރީ އާއި ދެމެދު މި ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 ޝޯޓް ލިސްޓްކުރުން:

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 އިތުރު މަޢުލޫމާތު ހޯދުން

 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 6521661 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

12 ޑިސެންބަރު 2019
ހޯދާ