މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ކޮންސަލްޓެންޓް

                                      އިޢުލާން

 

މި މިނިސްޓްރީއަށް ކޮންސަލްޓަންޓެއްގެ މަޤާމުގައި މަސައްކަތްކުރެއްވުމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމު:  ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:  1

މަޤާމުގެ ގިންތި: ކޮންޓްރެކްޓް     

ސެކްޝަން:  މެނިފެސްޓޯ އިމްޕްލިމެންޓޭޝަން ޑިޕާޓްމެންޓް

މުސާރަ: މަހަކު:  25000.00        

މަސައްކަތުގެ މުއްދަތު:  1 އަހަރު (މީލާދީ)

މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު މަދުވެގެން 8 ގަޑިއިރު (މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރިނަމަވެސް އިތުރުގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަން:  މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް

މަޤާމުގެ ޝަރުތު:

  1. ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 9 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މީގެ އިތުރުން ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނޭ ކަންތައްތައް

  1. ޕޮލިސީ ހެދުމާއި މެނޭޖްކުރުމުގެ ދާއިރާގައި ތަޖުރިބާ ހުރުން.
  2. އޮފީހުގެ އެސް.އޯ.ޕީ އެކުލަވާލުމުގަ ތަޖުރިބާ ހުރުން.
  3. ޕްރޮޖެކްޓްސްތައް ރާވާ ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފަ ހުރުން.
  4. ސަރުކާރުގެ މެނިފެސްޓޯ އެނގި ، އޮޅުން ފިލާފައިވުން.
  5. ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން.
  6. ތަޢުލީމީ ސެޓްފިކެޓް.
  7. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
  8. ކަންތައްތައް ޙައްލުކުރުމުގައި ބަސްމޮށުންތެރިކަމުގެ ހުނަރު ހުރުން.
  9. ރާއްޖޭގެ ތަފާތު ކަންކޮޅުތަކަށް ދަތުރު ކުރެވޭނެ ފަރާތެއް ކަމުގައިވުން.

 

ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ.

މައިގަނޑު ޒިންމާތައް: މައިގަނޑު މަސައްކަތަކީ މިނިސްޓްރީގައި އެކުލަވާލާފައިވާ ޕޮލިސީތައް ބަލައި އެޕޮލިސީތައް ހާޞިލްކުރުމަށް ރޭވިފައިވާ މަޤުޞަދުތަކާ އެއްގޮތަށް ކުރިއަށް ދިއުމުގައި ހުރި ދަތިތައް ބަލައި އެކަންކަން ރަގަޅުކުރުމަށް ޢިލްމާއި، ހުނަރު އަދި ޤާބިލްކަން ބޭނުންކޮށްގެން މަސައްކަތް ކުރުމާއި، ޓީމް އެކުލެވޭގޮތަށް މަސައްކަތް ކުރެވޭނެ މާހައުލު ބިނާކުރުމާއި ކުރު އަދި ދުރު ރާސްތާގައި މިނިސްޓްރީން އެކުލަވާލާފައިވާ ޕްލޭންތަކާއި، ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭގޮތަށް ލަފާދިނުމާއި ކުރަންޖެހޭ މަސައްކަތް ކުރުން.

  1. މިނިސްޓްރީގެ މައިގަނޑު މަސައްކަތްތަކާ ގުޅިގެން ހޯދަންޖެހޭ ހޯދުންތައް ހޯދުމާއި، އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލާ ތަރައްޤީކުރުމާއި އެކަމާ ގުޅިގެން ބަލަންޖެހޭ ހުރިހާ ބެލުންތައް ބަލައި މަސައްކަތްކުރާ ފަރާތްތަކަށް އެހިއްޞާކުރުން.
  2. މަސައްކަތްތާ ގުޅިގެން ތައްޔާރު ކުރަންޖެހޭ ލިއުންތައް ތައްޔާރުކޮށް ( އަދި އެކަންކަން ކަމާ ގުޅުންހުރި ފަރާތްތަކާއި މެމޯ، އީމެއިލް، ޕްރެސްރިލީޒް، ޕްރެޒެންޓޭޝަން، އީމެއިލް، މީޑިއާ ރިޕޯޓް، ސޯޝަލް މީޑިއާ ޕޯސްޓް އަދި އެފަދަ ލިއުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި) ސްޕަވައިޒަރުގެ ލަފާގެމަތިން އެކަންކަން ކުރުން.
  3. މަސައްކަތްތައް ބެލެހެއްޓޭގޮތަށް ދުވަހު ރިޕޯޓް ތައްޔާރުކުރުން.
  4. ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުމާއި، އަދި އެކަންކަން ކުރިއަށް ދާގޮތް ބެލޭނެ ރިޕޯޓްތައް ތައްޔާރުކުރުން.
  5. ހިންގާ ޕްރޮގްރާމްތައް އެންމެ ބޭނުންވާ ދިމާތައް ރިސާޗްކޮށް ދެނެގަނެ، ލިސްޓް ހަދާ އެލިސްޓް މެއިންޓައިންކުރުމާއި އަންގާގޮތެއްގެމަތިން އެކަންކަން ގެންދިއުން.
  6. ކުރާ މަސައްކަތްތަކާ ގުޅިގެން އަންނަ މައްސަލަތައް ބަލައި ރަގަޅުކުރަންހުރި ކަންކަން އިތުރަށް ރަގަޅުކުރުން.
  7. ހުރިހާ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި އޮފީހުން ރާވާ ކަންކަމުގައި ބައިވެރިވުން.
  8. މަސައްކަތްތައް ކުރުމުގައި ލިބިފައިވާ ޢިލްމާއި ހުނަރު އަދި ޤާބިލްކަން ބޭނުންކުރުމާއި، ބޭނުންވެއްޖެ ހިނދެއްގައި ޕާރފޮމަންސް ރިވިއުކުރުމުގައި ދޭންޖެހޭ އެހީތެރިކަން ދިނުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ (ރާއްޖޭގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ޝަރުޢީ ކޯޓެއްގައި އެއްވެސް މައްސަލައެއް ހިނގަމުންދާނަމަ އެކަން ނުވަތަ ނެތް ކަން މި ސިޓީގައި ހިމަނަންވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

 

ކޮންސަލްޓެންޓް ޢައްޔަން ކުރުމުގައި މާރކްސް ދޭނެ ކްރައިޓީރިއަރ.

ތަޢުލީމާއި ތަމްރީން              %50

މަސައްކަތުގެ ތަޖްރިބާ             30%

އިންޓަރވިއު                  20%

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ ސިޓީ އަދި ލިޔުންތައް ހުށަހަޅާނީ 23 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން، މި މިނިސްޓްރީގެ (މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، ވެލާނާ ބިލްޑިން 3 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ. މި މުއްދަތުގެފަހުން މި އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާ އެއްވެސް ލިޔުމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިންޓަރވިއުއަށް ދެންނެވުން.

ވަޒީފާއަށް އެދި ގިނަފަރާތް ތަކަކުން ހުށަހަޅައިފިނަމަ ޝޯރޓްލިސްޓްކޮށް، ގިނަވެގެން 7 ދުވަހުގެ ތެރޭގައި އިންޓަރވިއުއަށް ދެންނެވޭނެއެވެ. އިންޓަރވިއުއަށް ދަންނަވައި އޮންނަ ދުވަހަށް އިންޓަރވިއުއަށް ހާޟިރުނުވެއްޖެނަމަ ފަހުން އިންޓަރވިއުއެއް ނުދެވޭނެއެވެ.

 

 

 

 

އިތުރު މަޢުލޫމާތު ހޯދުން:

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށްގުޅުއްވާނީ 3347329 ނަންބަރު ފޯނަށެވެ.

12 ޑިސެންބަރު 2019
ހޯދާ