ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އަލިފާން ނިވިތައް ސާރވިސްކުރުމާއި ގުޅޭ:

 

ނަންބަރ:FNK-I/IUL/2019/269

އިޢުލާން

 

 އަލިފާން ނިވިތައް ސާރވިސްކުރުމާއި ގުޅޭ:

 

      މި ކުންފުނީގެ ބްރާންޗުތަކުގައި ބޭނުން ކުރަމުން ގެންދާ އަލިފާން ނިވިތައް ސާރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް  ކުރެވުނު ނަންބަރ: FNK-I/IUL/2019/200 އިޢުލާންއަށް އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން މިފުރުޞަތު ހުޅުވާލަމެވެ.  

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތައް މި ކުންފުނީގެ ހެޑްއޮފީސް އަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

15 އިން 17 ޑިސެމްބަރ 2019

09:00 އިން 14:00

އަންދާސީ ހިސާބު ހުށަހެޅުން

23 ޑިސެމްބަރ 2019

10:00 ހެނދުނު

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

19 ޑިސެމްބަރ 2019

14:00 މެންދުރު

      މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.

      ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ      15 ރަބީޢުލްއާޚިރު 1441

12 ޑިސެމްބަރ 2019

12 ޑިސެންބަރު 2019
ހޯދާ