މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ފެރީޓިކެޓު ވިއްކުމަށް އެޖެންޓުކަން ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އެމްޓީސީސީއިން ސްފީޑް ފެރީގެ ޙިދުމަތް ދެމުންގެންދާ ހއ. ހޯރަފުށީ ރޫޓުގެ ރަށްތަކުގައި ފެރީޓިކެޓު ވިއްކުމަށް އެޖެންޓުކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު MTCC-PD/IU/2019/00193 ( 12 ނޮވެމްބަރ 2019 ) އިޢުލާން ބާޠިލްކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅާލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

         ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ޑިސެމްބަރ 17 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ( ބޯޑް ރޫމް ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2019 ޑިސެމްބަރ 23  ވަނަ ދުވަހުގެ 14:00 އަށް ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

12 ޑިސެންބަރު 2019
ހޯދާ