ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުސަތު

އިޢުލާނު

ޕްލޭނިންގ އޮފިސަރ

މަޤާމް:

J-285016

މަޤާމް ނަމްބަރު:

1 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ  

މަޤާމުގެ ގިންތި:

އެމް. އެސް. 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ލ.ކުނަހަންދޫ ކައުންސިލްގެ އިދާރާ(އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

5610ރ

މުވައްޒަފަށް ލިބޭ މުސާރަ:

2000ރ

ސާވިސް އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް: 700/- ރުފިޔާ (މަހަކު)
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އެހެނިހެން އެލަވެންސް  

  1. ކުނަހަންދޫގެ  ތަރައްޤީއަށް ބޭނުންވާކަންކަމުގެ ޕްލޭނާއި ފައިނޭންސިއަލް ޕްލޭން އެކުލަވާލުމާއި، އެ ޕްލޭންތަށް ރިވިއުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

 

  1. ކުނަހަންދޫ ލޭންޑްޔޫސް ޕްލޭން އެކުލަވާލުމާއި އެޕްލޭން ރިވިއު ކުރުމާ، ޕްލޭނަށް ކައުންސިލުން ގެންނަން ބޭނުންވާ ބަދަލު ގެނެސް ކަމާގުޅޭ ފަރާތްތަކަށް ފޮނުވާ ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން

 

  1. މުވައްޒަފުން ޤަވާޢިދަށް އަހުލުވެރިކުރުވުމަށް އެވެއާނަސް ޕްރޮގްރާމްތައް ރާވާ ހިންގާ ކަމާގުޅުންހުރި ލިޔުންތައް އެފަރާތްތަކަށް ފޯރު ކޮއްދިނުން.

 

  1. ކައުންސިލުން ތައްޔާރުކުރާ ޕްރޮޕޯސަލްތަކުގެ ޑްރާފްޓް އެކުލަވާލާ އެ ޕްރޮޕޯސަލަށް ކައުންސިލުން ގެންނަން ބޭނުންވާ ބަދަލުތަށް ގެނައުމުގެ މަސައްކަތް ކުރުން ކައުންސިލުން ތައްޔާރުކުރާ ޕްރޮޕޯސަލްތައް ކައުންސިލުން ކަނޑައަޅާ ފަރާތްތަކަށް ފޮނުވާ އެ ޕްރޮޕޯސަލްތަށް އެފަރާތަކާ ހިއްސާކުރުމާ ހޯދަންޖެހޭ އެހީތެރިކަން ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން

 

  1. މުވައްޒަފުން ތަމްރީނުކުރުމާއި ބެހޭ މަސައްކަތް ވިލަރެސްކުރުމާއި އިދާރީ މުވައްޒަފުންނަށް އަންގަންވާ އެންގުންތައް އެގުމާއި އެކަމާ ގުޅުންހުރި ލިޔުންތައް ބެލެހެއްޓުން
  2. ކުނަހަންދޫ ކައުންސިލުން ބަލަހައްޓާ ބިން ތަކާއި، އެބިންތަކުގެ ރަޖިސްޓަރީތައް ހަދާ ބެލެހެއްޓުމާއި ބަންޑާރަ ގޯއްޗާއި އެގޯތި ތަކުގެ ބަދަލުގެ ކަންތަކާއި ރަޖިސްޓަރީ ތައް ހަދަންޖެހޭ އުޞޫލުގެ މަތިން ހަދާ ޙަވާލުކުރު.
  3. ބަދަލު ނިންމުމުން ގޯތީގެ ރަޖިސްޓަރީ، ޢިމާރާތް ރާނާ ދިރިއުޅެވޭވަރަށް ނިންމުމުން ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހަދާ ޙަވާލުކުރުން.
  4. ދެފަރާތައް މަގުވާގޮތައް ހުރި ގޯތި ތަކުގައި 10 ފޫޓުގެ ޑައިމީޓަރަކުން ކަން ވައްކުރުމާއި އެއްވެސް ފާރެއް އިންމަތިން ރާނާނަމަ އެފާރެއް ރާނަނީ ރަގަޅަށްތޯބެލުން.
  5. ރަށުގެ ލޭންޑްޔޫސް ޕްލޭނާއި ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން އަދި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ތަކާއި، ސިނާޢީ މަސައްކަތް ކުރުމަށާއި، ގެސްޓްހައުސްފަދަ ޢިމާރާރާތްކުރުމަށް ދޫކޮށްފައިވާ ބިންތައް ވަކިވަކީން ބެލެހެއްޓުން.
  6. އިޖްތިމާއީ ސަރަޙައްދުން ވަކިކަމަކަށް ކަނޑައަޅާ ދޫކޮއްފައިވާ ހަރުގެ ވަޅު ފަދަ ބިންތަކާއި، އެބިން ތަކުގެ ރަޖިސްޓަރީތައް ހެދުމާއި ބެލެހެއްޓުން.
  7. ކުނަހަންދުގައި ގެންގުޅޭ އުޅަނދު ފަހަރު ރަޖިސްޓަރީއާބެހޭ މަސައްކަތް ކުރުން. ކަނޑު އުޅަނދުގެ ސަލާމަތީ ސެޓްފިކެޓް ހަދާދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން. އަލަށް ބަންނަ ދޯނިފަހަރަށް  އިދާރާއިން ކޮއްދޭންޖެހޭ މަސައްކަތް ކުރުން.
  8. ޕްލޭންކުރުމާ ގުޅޭ ގޮތުން ކޮންސަލްޓަންސީ ހޯދުމާއި، ސާވޭ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން،އަދި ޕްލޭން އެކަށައެޅުމަށް ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުން.
  9. އޮފީހުގައި މަސައްކަތްކުރައްވާ މުވައްޒަފަކު ނެތިގެން އެވަގުތަކައް މުހިއްމުވެގެން ކުރަންޖެހިއްޖެ ކަމެއް ކުރުން
  10. ރަށުގެ ލައިބުރަރީ، ހިންގުމާއި، ރަށުގެ ރަސްމީ ލިޔުންތައް އަރުސީފުކުރުމާއި، ރަށުގެ ތާރީޚީ އަދި ޤާދިމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ލައިބްރަރީގައި ބެލެހެއްޓުމާއި، ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނެ އިންތިޒާމް ކައުންސިލަރުންގެ އިރުޝާދާއި އެކު ޤާއިމުކުރުން
  11. ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ޕްރީސުކޫލުގެ ޚިދުމަތްތައް ދިނުމާއި، ބޮޑަތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރު މަތިކުރުމުގެ ޕްރޮގުރާމްތައް ކައުންސިލަރުން ހަމަޖައްސަވާ ގޮތެއްގެ މަތިން ރާވާ އިންތިޒާމުކުރުން
  12. އިޖުތިމަޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ އާންމު ދަނޑުތަކާއި، ބިންތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަސީލަތްތަކާއި، އާންމު ޕާކުތަކާއި މުނިފޫހި ފިލުވުމާއިބެހޭ ޚިދުމަތްތައް ކައުންސިލަރުން ހަމަޖައްސަވާ އުސޫލެއްގެ މަތިން ފޯރުކޮށްދިނުން
  13. ކައުންސިލް ހަރުދަނާ ކުރުމަށް ޒިންމާދާރުވެރިޔާ ހަވާލުކުރާ އެންމެހާ ކަންކަންކުރުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ބިޒުނަސް އެޑްމިނިސްޓްރޭޝަން

ބިޒިނަސް މެނޭޖްމަންޓް

ޕްރޮޖެކްޓް މެނޭޖްމަންޓް

ވަޒީފާގެ ތައުލީމީ ރޮގުތަށް:

މަޤާމްގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5.  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

- މަޤާމާގުޅޭ ދާއިރާގެ ތަޢުލީމަށް %35

- މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5

- ސިވިލް ސަރވިސްއަށް ވަނުމަށް ދެވޭ އިމްތިޙާނަށް ލިބުނު މަރކްސްގެ އިންސައްތަ%5

- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް

- މަސައްކަތުގެ ހުނަރަށް  %40

* މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %45

(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ)

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތަށް

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޑިސެމްބަރު 2019ގެ 14:00 ގެ ކުރިން، ކުނަހަންދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 24 ޑިސެމްބަރު 2019 އާއި 05 ޖަނަވަރީ  2019އާއި ދެމެދު، ކުނަހަންދޫ ކައުންސިލް އިދާރާ ގައެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

ޝޯޓް ލިސްޓްކުރުން:

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" ޢާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތް ނަމަ A2 ފޯމް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަސް ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމު ކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 9995970 އަށެވެ. އީ-މެއިލް ކުރާނީ  : [email protected] އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން

15 ރަބީއުލް އައްވަލް  1441

12 ޑިސެމްބަރު     2019

 

     

 

          

 

12 ޑިސެންބަރު 2019
ހޯދާ