ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް އިންދާ ހެއްދުމާއި ގުޅޭ

 

އިޢުލާން

 

ރުއްގަސް އިންދާ ހެއްދުމާއި ގުޅޭ

 

      ލ.ކުނަހަންދޫގައި ގޯތިދީ ފައިވާ ސަރަޙައްދައި، އަދި ގޯތި ދިނުމަށް ކަނޑައަޅާފައިވާ ސަޙައްދާއި، (މަގުތަކަށް) އަރާގޮތަށް ރުއްގަސް އިންދަމުންދިއުމާއި، އަދި ރުއްގަހަށް ބަދަލު ދީ މަގުހަދާފައި ވަނިކޮށް ވެސް ބައެއްފަރާތްތަކުން ޤަވާޢިދާ ޚިލާފަށް ރުއްގަސް އިންދާ ހައްދަމުން އެބަގެންދެއެވެ. ރަށުގެ އެއްވެސް ސަރަޙައްދެއްގައި ރުއްގަސް އިންދާ ހެއްދޭނީ ކައުންސިލްގެ ހުއްދަ ލިބިގެން ކަމުގާ މީގެ ކުރިންވެސް ކައުންސިލުން ތަކުރާރުކޮށްވަނީ އިޢުލާން ކުރެވިފައެވެ. އެހެންކާއި އެކު ޤަވާޢިދާއި ޚިލާފަށް އިންދާ ޙައްދާ ރުއްގަހަކީ (ރައްޔިތުންގެ ރުއްގަހެވެ) ވުމާއިއެކު ކައުންސިލުން ނިންމަވާގޮތެއްގެ މަތީ މިފަދަ ތަކެއްޗާއިމެދު  ޢަމަލު ކުރެވޭނެވާހަކަ ދެންނެވީމެވެ.    

ވީމާ ޢާއްމުކޮށް މިކަން އެންގެވުމަށްޓަކާ އިޢުލާން ކުރީމެވެ.

 

14 ރަބީއުލް އާހިރު 1441

11 ޑިސެމްބަރު 2019

12 ޑިސެންބަރު 2019
ހޯދާ