ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރު މިސްކިތު ގަބުރުސްތާނު ސާފުކުރުމާއި ވަށާފާރު ބޭރުން މަގެއް ސާފުކުރުން.

އިޢުލާން

 

ހުކުރު މިސްކިތު ގަބުރުސްތާނު ސާފުކުރުމާއި ވަށާފާރު ބޭރުން މަގެއް ސާފުކުރުން.

 

                  ހުކުރު މިސްކިތު ގަބުރުސްތާން އެތެރޭގައި ހެދިފައިވާ ގަސްތަކާއި ވިނަތަށް ނަގައި، ގަބުރުސްތާނު ސާފުކުރުމާއި ގަބުރުސްތާނު ވަށައިގެން 20 ފޫޓުގެ މަގެއް ހަދާ ސާފުކޮށްދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                  ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ އިރު އައިޑީ ކާޑުގެ އަސްލާއި ކޮޕީއެއް ގެންނެވުން އެދެމެވެ. ކުންފުންޏެއް ނަމަ ކުންފުނީގެ ފަރާތުން ތަމްސީލް ކުރައްވާ ފަރާތުގެ މަޢުލޫމާތު އެގޭނެ ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިސިޓީ ހުށަނާޅާ ފަރާތްތަކަށް މަޢުލޫމާތުދޭ ސެޝަންގައި ބައިވެރިވެވަޑައި ނުގެންނެވޭނެ ވާހަކަ ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

18 ޑިސެމްބަރ 2019  ވާ ބުދަ ދުވަހުގެ 11:00

26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00

 

            މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

                    15 ރަބީޢުލް އާޚިރު 1441

12 ޑިސެންބަރު 2019
ހޯދާ