ފައިނު ސްކޫލް
ދިވެހިރާއްޖެ
ބީލްނަ ހުށައެޅުމުގެ ފުރުޞަތު (މަރާމާތު)

2020ވަނަ އަހަރަށް ބޭނުންވާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

1       2020ވަނަ އަހަރުގެ ކިޔެވުން ފެށުމަށް ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2       މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 11 ން 2019 ޑިސެމްބަރ 15 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް ފައިނު ސުކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3       މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޑިސެމްބަރ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4       މި މަސައްކަތާއި ގުޅޭ ޕުރީބިޑު މީޓިން އޮންނާނީ 16 ޑިސެމްބަރ 2019ވާ ހޯމަ ދުވަހުގެ 10:00ގައި ފައިނު ސުކޫލުގައެވެ.

5       ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 19 ވަނަ ދުވަހުގެ 10:00 ގައި ފައިނު ސުކޫލުގައެވެ.

6       ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފައިނު ސުކޫލް

ރ.ފައިނު، ދިވެހިރާއްޖެ.

ފޯން: 6580358

އީ-މެއިލް: [email protected]

10 ޑިސެންބަރު 2019
ހޯދާ