ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނުގެ އައު އިމާރާތުގައި ނެޓްވޯކްއެޅުމާއި ސީސީޓީވީ ހަރުކުރުމާއި އެކްސެސް ކޮންޓްރޯލް ސިސްޓަމެއް ޤާއިމުކުރުން

މި އިޢުލާންވަނީ 12 ޑިސެންބަރު 2019 11:59 ގައި ބާތިލް ކުރެވިފައެވެ.


އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ކޮމިޝަނަށް ހިއުމަން ރިސޯސް (އެޗް.އާރު) ސޮފްޓްވެއަރ އެއް ގަންނަން ބޭނުންވެގެން ކުރި ނަންބަރު(IUL)195-A-GA/1/2019/29 (20 ނޮވެމްބަރު 2019) އިޢުލާނާގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް، މި ކޮމިޝަނުންދީފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަނާއި އެއްގޮތަށް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އަދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލަމެވެ.

މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސާރކިއުލަރގައި ވާގޮތުގެމަތިން  މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ.

ވީމާ، މި ތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 17 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ކުރިން، މި ކޮމިޝަނަށް (މ. ތީމުގެ) ވަޑައިގެން، މި ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެންނެވީމެވެ. ރަޖިސްޓްރީ ކުރި ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ކުރިން ތަން ބެލުމަށް ބޭނުންވާނަމަ، 18 ޑިސެމްބަރު 2019 ވާ ބުދަ ދުވަހުގެ 10:00 އަށް ހ. ސަކީނާމަންޒިލަށް (މެދުޒިޔާރަތްމަގު) ހާޒިރުވުމުން، ތަން ބެލުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ. އެ ދުވަހުގެ އެ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މި ބީލަމުގެ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓެޗްކުރެވިފައި އެވަނީއެވެ.

ބީލަމުގައި ރަޖިސްޓްރީވި ފަރާތްތަކުން 22 ޑިސެމްބަރު 2019 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ކޮމިޝަނަށް (މ. ތީމުގެ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަންވެސް ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 3340614 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

                       15 ރަބީޢުލްއާރު 1441

                       12 ޑިސެމްބަރު 2019

12 ޑިސެންބަރު 2019
ހޯދާ