މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުން ވާދޫގައި ޤާއިމްކުރުމަށް ކަނޑައަޅާފައިވާ ހައުސިންގ ޔުނިޓްތަށް އެޅުމާއިގުޅޭ

އިޢުލާން

 

ސަރުކާރުން ވާދޫގައި ޤާއިމްކުރުމަށް ކަނޑައަޅާފައިވާ ހައުސިންގ ޔުނިޓްތަށް އެޅުމާއިގުޅޭ

 

  ސަރުކާރުން ވާދޫގައި 38 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ކަނޑައަޅާފައެވެ. މީގެތެރޭގައި އެކަމަށް އެދޭފަރާތްތަކުގެ އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކަށްވެސް ވަނީ ފުރުސަތު ދިނުމަށް ހަމަޖެހިފައެވެ.

މިހެންވެ، 2019 ޑިސެމްބަރ 10 ވަނަ ދުވަހު ބޭއްވުނު ވާދޫ ކައުންސިލްގެ 123 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވަނީ ވާދޫގައި ހައުސިންގ ޔުނިޓް އަޅާނެގޮތެއް ކަނޑައެޅުމަށްޓަކައި އަމިއްލަ މީހުންގެ ގޯތީގައި ފްލެޓް އެޅުމަށް ބޭނުންވާ ފަރާތްތަކުގެ އަދަދު ދެނެގަތުމަށެވެ.

ވީމާ އަމިއްލަ މީހުންގެ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކުން 15 ޑިސެމްބަރ 2019 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ ކައުންސިލްގެ އިދާރާގެ ފޯނު ނަންބަރު 4000299 އަށް ގުޅުއްވާ ނަންނޯޓު ކުރެއްވުން އެދެމެވެ. އަދި ނަންނޯޓު ކުރެއްވޭނީ އެގޯއްޗެއްގެ ވެރިފަރާތަށް ކަމުގައިވެސް ދެންނެވީމެވެ.

ވާދޫގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ކުރިމަތިލުމަށްޓަކައި ފަހުގެ ތާރީހެއްގައި ފުރުސަތު ހުޅުވާލާނެ ކަމުގައިވެސް މިފުރުސަތުގައި މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް އިން ކައުންސިލަށް ފޯރުކޮށްދީފައިވާ މައުލޫމާތު ކައުންސިލަށް ގުޅުއްވުމުން ނުވަތަ ވަޑައިގަތުމުން ފޯރުކޮށްދޭނެކަމުގައިވެސް ދެންނެވީމެވެ.

10 ޑިސެންބަރު 2019
ހޯދާ