މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަބާ ޕްރޮޖެކްޓް – ރެނޮވޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ސަބާ ޕްރޮޖެކްޓް – ރެނޮވޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛްކުރެވެމުންދާ "ސްޓްރެންތެނިންގ ދަ ލައިވްލިހުޑް އޮފް ހޯމްބޭސްޑް ވޯރކާސް އިންދަ ސާރކް ރީޖަން އިނީޝިއޭޓިވް (SABAH Project) "ގެ އައްޑޫ، ހިތަދޫގައި ހުންނަ ކޮމިއުނިޓީ ފެސިލިޓޭޝަން ސެންޓަރ (ސީ.އެފް.ސީ)ގެ ރެނޮވޭޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވިމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސެޝަން އަށް 16 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް، މާލޭގައި ނަމަ، ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ތާޑް ފްލޯ ކޮންފަރެންސް ރޫމް އަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި އައްޑޫގައި ނަމަ، އައްޑޫގައި ހުންނަ މިނިސްޓްރީގެ ބިޒްނަސް ސެންޓަރ އަށް ވަޑައިގެންނެވުން އެދެމެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ  22 ޑިސެމްބަރ 2019ވާ އާދީއްތަ ދުވަހުގެ 10:00 ގައި މާލޭގައި ނަމަ،  ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ތާޑް ފްލޯ ކޮންފަރެންސް ރޫމްގައެވެ. އަދި އައްޑޫގައި ނަމަ، އައްޑޫގައި ހުންނަ މިނިސްޓްރީގެ ބިޒްނަސް ސެންޓަރ ގައެވެ. އަދި 10:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003018 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

10 ޑިސެންބަރު 2019
ހޯދާ