ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ހައި ޕްރެޝަރ ކްލީނަރ ހޯދުމަށް ކުރެވުނު ނަންބަރު (IUL)468-U01/468/2019/229 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ހޯދަން ބޭނުންވާ ތަކެތީ ތަފްޞީލް:
- High Pressure Cleaner
- Current type (Ph/V/Hz): 1 / 230 / 50
- Flow rate (l/h) : 560
- Working pressure (bar/MPa) : 150 / 15
- Max. pressure (bar/MPa) : 225 / 225
- Connection load (kW) : 3.1
- Power cable (m) : 5
- Weight (kg) : 30
- Dimensions (L × W × H) (mm) : 400 x 455 x 700
- Quantity- 2
މާކްސްދޭނެގޮތް.
އަގަށް |
65% |
(އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް) |
ޑެލިވަރީ މުއްދަތު |
20% |
(އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް) |
ތަޖުރިބާ |
05% |
(އެކި މުއައްސަސާތަކަށް މިފަދަތަކެތި އެންމެ ގިނައިން ސަޕްލައިކޮށްދީފައިވާ ފަރާތްތަކަށް އެންމެގިނަ ޕޮއިންޓްދޭގޮތަށް) |
މާލީ ޤާބިލްކަން |
10% |
(އެކައުންޓް ސްޓޭޓްމެންޓަށް ބަލައިގެން) |
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްކުން ސަމާލުކަންދޭންވީ ކަންތައްތައް.
- އަންދާސީ ހިސާބު ހުށަހެޅޭނީ އިޢުލާނުގައި ހިމަނާފައިވާ ތަކެއްޗަށް އެއް އަންދާސީ ހިސާބެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތީގެ ފުރިހަމަ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތު ހިމަނަންވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ޖީ.އެސް.ޓީ އަށްވާ ޢަދަދު ވަކިން އެގޭނެހެން ހުށަހެޅުއްވުން.
- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި.
- ހުށަހަޅާ ފަރާތުގެ ޕްރޮފައިލް އަދި ސެޓްފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.
- ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.
- މާލީ ގާބިލްކަން އަންގައިދޭ ލިއުން: (ބޭންކް ކްރެޑިޓްސިޓީ ، ނުވަތަ ފާއިތުވި 03 މަހުގެ ބޭންކް ސްޓޭޓްމަންޓް، ނުވަތަ ވިޔަފާރީގެ އެންމެ ފަހުގެ އޮޑިޓް ރިޕޯރޓް(
- ޓެކްސް ކްލިއަރެންސް ރިޕޯރޓް.
- ޕްރޮފައިލް: ޕްރޮފައިލްގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
(ހ) ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން:
(ށ) ފުރިހަމަ އެޑްރެސް:
(ނ) ފޯން ނަންބަރ:
(ރ) އީމެއިލް އެޑްރެސް:
(ބ) މެނޭޖަރުން ފެށިގެން މަތީ ފަރާތްތަކުގެ ނަމާއި މަޤާމު
(ޅ) ރަޖިސްޓްރީ ނަންބަރ
(ކ) ކުރަމުންދާ ވިޔަފާރީގެ ޚުލާސާ :
(އ) ފަންނީގޮތުން ކުރިއަރާފައިވާ މިންވަރު:
(ވ) ކުރަމުންދާ މައިގަނޑު މަސައްކަތާއި ، ދާއިރާއިން ލިބިފައިވާ ތަޖްރިބާ
(މ) ކުރަމުންދާ ވިޔަފާރި ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ޖީއެސްޓީ ރަޖިސްޓްރީ ނަންބަރ
- އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ އެލިއުމެއް ހުށަހަޅުއްވަން ވާނެއެވެ.
އަންދާސީހިސާބު ބަލައިގަތުން.
ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 19 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ އާއި ހުށަހަޅާފަރާތުގެ ނަން އަދި " ތަކެތި ވިއްކުމަށް އެދި " ލިޔެ ތިރީގައި މިވާ ގޮތަށް އެޑްރެސް ފުރިހަމަކޮށްފައެވެ.
" ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ"
ފުވައްމުލައް.
ދިވެހިރާއްޖެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862829، 6862828، 6862830
އީމެއިލް: [email protected]